ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޢާއިލީ ވަކީލު އަދި ކުރީގެ އެޓަރނީ ޖެނެރަލް ޢާއިޝަތު ޢާޒިމާ ޝަކޫރު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓަރީގެ މަޤާމަށް މިއަދު އައްޔަންކުރައްވައިފިއެވެ.
ޢާޒިމާ މި މަޤާމަށް އައްޔަންކުރައްވާފައި މިވަނީ، މާލެ ސިޓީގެ މޭޔަރުކަން ހޮވުމަށް ބޭއްވި ބައި-އިލެކްޝަންގައި ވެރިކަން ކުރާ ޕީއެންސީގެ ޓިކެޓްގައި ވާދަކުރައްވައި، މިހާރުގެ މޭޔަރު އާދަމް ޢާޒިމްއާ ވާދަކުރައްވައި ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގަތުމަށް ފަހުގައެވެ.
ރައީސް މުޢިއްޒުގެ ޢާއިލީ ވަކީލުގެ ގޮތުގައި ހަރަކާތްތެރިވެވަޑައިގަންނަވާ ޢާޒިމާ ވަނީ ދާދި ފަހުން ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު އެކި ފަރާތްތަކާ ދެކޮޅަށް ހުށަހެޅުއްވި ޤާނޫނީ މައްސަލަތަކުގައިވެސް އެކަމަނާގެ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައެވެ.
މި ސިޔާސީ މަޤާމަށް ޢާޒިމާ އައްޔަންކުރެއްވި އިރު، ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން އިތުރު ސިޔާސީ މަޤާމުތަކަށް މީހުން އައްޔަން ނުކުރައްވާނެ ކަމަށް ރައީސް މުޢިއްޒު ވަނީ ވިދާޅުވެފައެވެ.
އަދި މި ދަނޑިވަޅަކީ ދައުލަތުގެ ޚަރަދުތައް ކުޑަކުރުމުގެ ފިޔަވަޅުތަކުގެ ދަށުން، ސަރުކާރު ކުންފުނިތަކުންވެސް މުވައްޒަފުން މަދުކުރަމުންދާ ދުވަސްވަރެކެވެ.

ކިޔުންތެރިންގެ ހިޔާލު