ކުރީގެ ރައީސް މުހައްމަދު ނަޝީދު
ކުރީގެ ރައީސް މުހައްމަދު ނަޝީދު
ރިސޯޓުތަކުން ލިބޭ އެމެރިކާ ޑޮލަރުގެ އާމްދަނީގެ 40 އިންސައްތަ މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ވިއްކަން މަޖުބޫރުކުރުމުގެ ސިޔާސަތަކީ އިގްތިސާދީ ގޮތުން ނުރައްކާތެރި ބޮޑެތި ނަތީޖާތަކެއް ނުކުމެދާނެ ސިޔާސަތެއް ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ އިޖުތިމާއީ މީޑިއާ "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، ގިނަ ރިސޯޓުތަކަކީ ޑޮލަރުން އަދާކުރަންޖެހޭ ބޮޑެތި ދަރަނިތަކެއް އޮތް ތަންތަނެވެ.

އަދި އޭގެ ތެރެއިން ގިނަ ރިސޯޓުތަކަކީ ބޭންކުތަކުން ނަގާފައިވާ ލޯނުތަކުގެ އެހީގައި ހިންގާ ބޭރުގެ އިންވެސްޓްމަންޓްތަކެވެ.

ބޭރުގެ އިންވެސްޓަރުން ދިވެހިރާއްޖެއަށް އިންވެސްޓްކުރަން މައިގަނޑު ސަބަބަކީ ރާއްޖެއިން ވާދަވެރި މަންފާއެއް ނުވަތަ ފައިދާއެއް ލިބެން އޮތުމުން ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

އެހެންކަމުން، އެ އިންސެންޓިވް ނުވަތަ ޝައުގުވެރިކަން ކުޑަވެގެންދާ ފަދަ ސިޔާސަތުތައް ތަންފީޒުކުރުމަކީ އިންވެސްޓަރުންގެ އިތުބާރު ގެއްލި، ފަތުރުވެރިކަމުގެ ދާއިރާގެ ދިގު މުއްދަތުގެ ހަމަޖެހުމަށް އޮތް ނުރައްކަލެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު