މާލެ ސަރަޙައްދުން ވޭތުވެދިޔަ ހަފުތާގެ ތެރޭގައި 17 މީހަކަށް ހިމަބިހި (މީސަލްސް) ޖެހިގެން ރިޕޯޓްކޮށްފައިވާ ކަމަށާއި، މިއާއެކު މި އަހަރު މި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު 243 އަށް އަރާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.
އެޗްޕީއޭ އިން އާންމުކޮށްފައިވާ އެންމެ ފަހުގެ މަޢުލޫމާތުތަކަށް ބަލާއިރު، މި ބަލި ފެތުރުން ހުއްޓުވުމަށްޓަކައި ކުރިއަށްގެންދާ ވެކްސިން ދިނުމުގެ ޕްރޮގްރާމުގެ ދަށުން މިހާތަނަށް ޖުމްލަ 16,045 މީހުންނަށް ވަނީ ހިމަބިހި ވެކްސިން ޖަހައިދީފައެވެ.
ހިމަބިހިން ރައްކާތެރިވުމަށްޓަކައި އަޅަންޖެހޭ މުހިންމު ފިޔަވަޅުތަކަށް ސަމާލުވުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ. އެގޮތުން، ހިމަބިހި ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރެވުނުކަން ޔަގީންނުވާ ފަރާތްތަކުން ވެކްސިން ޖަހައިދޭ މަރުކަޒަކަށް ގޮސް ޑޯޒްތައް ފުރިހަމަކުރުމަށް ވަނީ އެދިފައެވެ. އަދި ބަލިޖެހިފައިވާ މީހަކާ ދިމާވެފައިވާ (ކޮންޓެކްޓްވި) ފަރާތްތަކުގެ ތެރެއިން ވެކްސިންގެ 2 ޑޯޒް ފުރިހަމަނުވާ ފަރާތްތަކުން، ކޮންޓެކްޓުންނަށް ވެކްސިން ދިނުމަށް ކަނޑައެޅިފައިވާ ގަޑިތަކުގައި ލަސްނުކޮށް ވެކްސިން ފުރިހަމަކުރުމަށް ވެސް އެ އެޖެންސީން ވަނީ ހަނދާންކޮށްދީފައެވެ.
މީގެއިތުރުން، ހުން އައުމާއެކު ހަށިގަނޑުގައި ރަތް ބިހިތަކެއް ނަގާނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށާއި، ބައްޔަށް ޝައްކުކުރެވިގެން ޓެސްޓުކޮށްފިނަމަ ނަތީޖާ ލިބެންދެން އެހެން މީހުންނާ އެކަހެރިވެ ގޭގައި މަޑުކުރުމަށް ވަނީ އިރުޝާދު ދީފައެވެ. އަދި ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތަކަށް ދާއިރު މާސްކު އެޅުމަށާއި، ބަލީގެ އެއްވެސް އަލާމާތެއް ހުރިނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށް ވެސް ވަނީ އަންގާފައެވެ.
އެޗްޕީއޭ އިން އިތުރަށް ވިދާޅުވީ، ޞިއްޙީ މަޢުލޫމާތު ހޯދުމުގައި ރަސްމީ ފަރާތްތަކުން ފޯރުކޮށްދޭ މަޢުލޫމާތުތަކަށް އެކަނި ބަރޯސާވުމަކީ ނުހަނު މުހިންމު ކަމެއް ކަމަށެވެ.

ވޭތުވެދިޔަ ހަފްތާގައި ހިމަބިހި (މީސްލްސް) ކޭސްތަކުގެ އަދާހަމަ #measles pic.twitter.com/PpeXTUvanT
— Health Protection Agency (@HPA_MV) August 25, 2026
މީގެއިތުރުން، ހުން އައުމާއެކު ހަށިގަނޑުގައި ރަތް ބިހިތަކެއް ނަގާނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށާއި، ބައްޔަށް ޝައްކުކުރެވިގެން ޓެސްޓުކޮށްފިނަމަ ނަތީޖާ ލިބެންދެން އެހެން މީހުންނާ އެކަހެރިވެ ގޭގައި މަޑުކުރުމަށް ވަނީ އިރުޝާދު ދީފައެވެ. އަދި ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތަކަށް ދާއިރު މާސްކު އެޅުމަށާއި، ބަލީގެ އެއްވެސް އަލާމާތެއް ހުރިނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށް ވެސް ވަނީ އަންގާފައެވެ.
އެޗްޕީއޭ އިން އިތުރަށް ވިދާޅުވީ، ޞިއްޙީ މަޢުލޫމާތު ހޯދުމުގައި ރަސްމީ ފަރާތްތަކުން ފޯރުކޮށްދޭ މަޢުލޫމާތުތަކަށް އެކަނި ބަރޯސާވުމަކީ ނުހަނު މުހިންމު ކަމެއް ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު