ވެލާނާ އެއާޕޯޓުގައި ފުލުހަކު ޓްރެފިކް ބަލަހައްޓަނީ-
ވެލާނާ އެއާޕޯޓުގައި ފުލުހަކު ޓްރެފިކް ބަލަހައްޓަނީ-
ދިވެހިރާއްޖެއަށް ވައިގެ މަގުން އެތެރެވި އެމެރިކާގެ ރައްޔިތެއްގެ އަތުން ވަޒަން އަޅާފައިވާ މެގަޒިނެއް ފެނުމާ ގުޅިގެން، ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށް ބަންދަށް 10 ދުވަސް ޖަހައިފިއެވެ.

ފުލުހުން ބުނީ، މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 36 އަހަރުގެ އެމެރިކާ ރައްޔިތެއް ކަމަށްވާ ބްރިޓެއިން ޓައިލަރ ކޯބޮލް ކަމަށެވެ.

އޭނާ ރާއްޖެ އެތެރެވުމަށްޓަކައި 2026 އޯގަސްޓް 24 ވަނަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އައި ވަގުތު، އޭނާގެ ލަގެޖު ބަލައި ފާސްކުރިއިރު ވަޒަން އަޅާފައިވާ މެގަޒިނެއް ވަނީ ފެނިފައެވެ. އެއާއެކު ކޯޓު އަމުރެއްގެ ދަށުން އޭނާ ވަނީ ހައްޔަރުކޮށްފައެވެ.

މި މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް 2026 އޯގަސްޓް 25 ވަނަ ދުވަހު ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާގެ ބަންދަށް 10 ދުވަހުގެ މުއްދަތެއް ދީފައެވެ.

ފުލުހުންގެ ޚިދުމަތުން ދަނީ މި މައްސަލަ އިތުރަށް ތަޙްޤީޤް ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު