ތައިލެންޑުގެ ވެރިރަށް ބެންކޮކުގެ ހޮޓަލަކުން ޗައިނާގެ އަންހެނަކު ރަހީނުކޮށް، ތައިލެންޑާއި މިޔަންމާ ގުޅޭ ބޯޑަރު ކައިރިއަށް ގެންދަން އުޅެނިކޮށް، އެ މީހުން ދަތުރުކުރި ކާރުން ފުންމާލައިގެން އޭނާ ސަލާމަތްވި މައްސަލައާ ގުޅިގެން ތައިލެންޑުގެ ހަތަރު ފިރިހެނަކު ހައްޔަރުކޮށްފިއެވެ.
ތައިލެންޑުގައި ހުންނަ ޗައިނާގެ އެމްބަސީން އަންގާރަ ދުވަހު ކަށަވަރުކޮށްދީފައިވާ ގޮތުގައި، އަނިޔާ ލިބުނު މީހަކީ ޗައިނާގެ ރައްޔިތެކެވެ. އަދި މިހާރު އޭނާއަށް ރައްކާތެރި މާހައުލެއް ހަމަޖައްސައިދީފައިވާ ކަމަށާއި، މި މައްސަލައިގެ ތަހުގީގުގައި ތައިލެންޑް ފުލުހުންނަށް އެއްބާރުލުން ދެމުން އަންނަ ކަމަށްވެސް އެމްބަސީން ބުނެފައިވެއެވެ.
ތައިލެންޑުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ބެންކޮކުގެ ހޮޓަލެއްގެ ތެރެއިން އެ އަންހެން މީހާ ގަދަކަމުން ނެރެގެން ކަޅު ކުލައިގެ ނިސާން ޓިއާނާ މަރުކާގެ ކާރަކަށް އަރުވައިގެން ގެންދިޔައީ ހަތަރު މީހުންގެ ގްރޫޕަކުންނެވެ. ފުލުހުން ލަފާކުރާ ގޮތުގައި މި މީހުން ދަތުރުކުރަމުން ދިޔައީ މިޔަންމާ ބޯޑަރު ކައިރީގައި އޮންނަ ޓަކް ޕްރޮވިންސްގެ މައޭ ސޮޓް ޑިސްޓްރިކްޓާ ދިމާއަށެވެ.
ފުލުހުން ކުރި މަސައްކަތުން އެ ކާރު ހޯދައި، ކަމްފައެންގް ޕެޓް ޕްރޮވިންސްގެ ސަރަހައްދަކުން ވަނީ އަތުލައިގެންފައެވެ. އަދި އެ ސަރަހައްދުން އުމުރުން 24 އަހަރާއި 41 އަހަރުގެ ދެ ފިރިހެނުން ވަގުތުން ހައްޔަރުކުރިއެވެ. މީގެ އިތުރުން މި އެ އަންހެން މީހާ ކާރުން ފުންމާލައިގެން ސަލާމަތްވެފައިވަނީ އާދީއްތަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައެވެ. އެއީ ބެންކޮކުގެ އުތުރުން އޮންނަ ކަމްފައެންގް ޕެޓް ޕްރޮވިންސްގެ މަގަކުން ކާރު ދުއްވާފައި ދަނިކޮށެވެ. އޭނާ ކާރުން ފުންމާލިއިރު ދެއަތް އޮތީ ކޭބަލް ޓައިއަކުން ބަނދެފައެވެ.
އަތް ބަނދެފައިވާ ހާލުގައި އޭނާ ވަނީ އެ ސަރަހައްދުގެ އާންމުންގެ ގާތަށް ގޮސް އެހީތެރިކަމަށް އެދިފައެވެ. އަދި މި ހާދިސާގައި ލިބުނު އަނިޔާތަކަށް ފަރުވާ
ދިމައްސަލައިގައި ތުހުމަތުކުރެވޭ އަނެއް ދެ މީހުންވެސް ފަހުން ވަނީ ހައްޔަރުކޮށްފައެވެ.
ތަހުގީގު ޓީމުތަކުން ބުނާ ގޮތުގައި މި ގްރޫޕުގެ ބޭނުމަކީ އެ އަންހެން މީހާ ބޯޑަރު ހުރަސްކޮށް މިޔަންމާއަށް ގެންދިއުން ކަމަށް ބެލެވެއެވެ. އެހެންނަމަވެސް، މި އަމަލު ހިންގަން މެދުވެރިވި އަސްލު ސަބަބު އަދި މިހާތަނަށް ސާފުވެފައެއް ނުވެއެވެ. އަދި އެ އަންހެން މީހާގެ ވަނަވަރުވެސް ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.
ތައިލެންޑް ފުލުހުން މިހާރު ދަނީ ހައްޔަރުކުރި މީހުންނާ ސުވާލުކޮށް، ޗައިނާ އެމްބަސީއާ ގުޅިގެން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު