ޣައިރު ޤާނޫނީ ގޮތުގައި ހޯދާ މުދަލާއި ފައިސާ ދައުލަތަށް އަނބުރާ ހޯދުމަށް މަގުފަހިކުރުމުގެ ގޮތުން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފުރިހަމައަށް ތާއީދުކޮށް، އެކަމަށް މަރުޙަބާ ކިޔައިފިއެވެ.
އޭސީސީން ހާމަކުރި ގޮތުގައި، ސަރުކާރުން މިފަދަ ބިލެއް އެކުލަވާލައި މަޖިލީހަށް ފޮނުވުމަކީ ރާއްޖޭގައި ނުހައްޤު މުއްސަނދިކަން ހުއްޓުވުމަށާއި ކޮރަޕްޝަނާ ދެކޮޅަށް ކުރެވޭ ހަނގުރާމައިގައި ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ. މި ޤާނޫނު ވުޖޫދުވުމުން، ކުށްކޮށްގެން މަންފާ ހޯދާ ފަރާތްތަކުގެ އަތުން އެ ތަކެތި އަތުލުމަށް ބޭނުންވާ ޤާނޫނީ ހަރުދަނާ އޮނިގަނޑެއް އެކުލެވިގެންދާނެ ކަމަށް އެ ކޮމިޝަނުން ދެކެއެވެ.
މީގެއިތުރުން، އަންނަން އޮތް ޖީލުތަކަށްޓަކައި ދައުލަތުގެ މާލިއްޔަތާއި ވަސީލަތްތައް ހިމާޔަތްކުރުމަށް މުއައްސަސާތައް ގުޅިގެން ކުރާ މަސައްކަތްތައް މި ބިލުގެ ސަބަބުން އިތުރަށް ހަރުދަނާވެގެންދާނެ ކަމަށްވެސް އޭސީސީން ފާހަގަކުރެއެވެ. އަދި އިންސާފު ޤާއިމުކޮށް، ޤާނޫނުގެ ބާރު ދެމެހެއްޓުމަށްޓަކައި އެތެރޭގެ މުއައްސަސާތަކާއި ބޭރުގެ އިދާރާތަކާ ގުޅިގެން ކޮމިޝަނުން އަބަދުވެސް މަސައްކަތް ކުރަމުންދާނެ ކަމުގެ ޔަޤީންކަން ވަނީ ދީފައެވެ.
އޭސީސީން ވަނީ، ރައްޔިތުންގެ މަޖިލީހުގެ ތެރެއިން މި ބިލުގެ ދިރާސާތައް ފަންނީ ގޮތުން އެންމެ ފުރިހަމައަށް ނިންމަވައި، ވީހާވެސް އަވަހަކަށް ބިލު ފާސްކޮށް ޤާނޫނަކަށް ހައްދަވައިދެއްވުމަށް އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު