ބައެއް ކައުންސިލްތަކުން ސިޔާސީ ވިސްނުން އިސްކޮށްގެން ސަރުކާރުގެ މަޝްރޫއުތަކަށް ހުރަސްއެޅި ނަމަވެސް، ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވައުދުތައް ފުއްދެވުން މަޑުޖައްސަވާނުލައްވާނެ ކަމަށާއި، އެކަމަށް ހައްލެއް ހޯއްދަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާ (ޕީއެސްއެމް) ގެ "ނޭޝަނަލް ޗެޓް" ޕްރޯގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ބައެއް ކައުންސިލްތަކުގެ އަމަލުތަކުގެ ސަބަބުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތަކާއި ވައުދުތައް ފުއްދުމަށް ލަސްތަކާއި ހުރަސްތައް ކުރިމަތިވަމުންދާ ކަމަށެވެ. އަދި އެއީ އެއްގޮތަކަށްވެސް ޒިންމާދާރު ގޮތެއް ނޫން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނަކީ ގިނަ އަހަރުތަކެއް ވަންދެން ތަފާތު ހައިސިއްޔަތުތަކުން ލާމަރުކަޒީ ނިޒާމު ތަންފީޒުކުރަން މަސައްކަތް ކުރެއްވި ބޭފުޅެއް ކަމަށާއި، އެ ނިޒާމުގެ ތެރެއިން ކަންކަން ކުރެވޭނެ ގޮތާއި ނުކުރެވޭނެ ގޮތް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށެވެ. އެހެންކަމުން ބައެއް ކައުންސިލްތަކުން މިހާރު ކަންކަން ކުރަމުންދާ ގޮތަށް ދެއްކޭނެ ގަބޫލުކުރެވޭފަދަ އެއްވެސް އުޒުރެއް ނެތް ކަމަށް ރައީސް ވިދާޅުވިއެވެ.
"އެއަށް ބަލައިގެންނެއް ސަރުކާރަކަށް ނުތިބެވޭނެ. އަޅުގަނޑުގެ ވައުދުތައް، ރައްޔިތުންނަށް ވެފައިހުރި ވައުދުތައް ފުއްދުން މަޑުޖައްސާލައިގެން ނުތިބެވޭނެ. އެކަމަށް މަގުތަކެއް ހޯދައިދޭންޖެހޭ. އެއީ އަޅުގަނޑުގެ ޒިންމާއެއް،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މި މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން، އަމިއްލަ މެންބަރަކު މަޖިލީހަށް ހުށަހެޅުއްވި އިސްލާހާ މެދު ސަރުކާރާއި ޕީއެންސީގެ މެންބަރުން މަޝްވަރާކުރައްވާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ސަރުކާރުގެ މަޝްރޫއުތަކަށް ބިން ނުވަތަ ސަރަހައްދުތައް ނެގުމުގެ ކުރިން ކައުންސިލްތަކުގެ ބަހެއް ހޯދުމާއި، ރައްޔިތުންނާއި ސްޓޭކްހޯލްޑަރުންގެ ޚިޔާލު ހޯދުމަށް ވަކި މުއްދަތެއްގެ ފުރުސަތު ހުޅުވާލުމަށް އިސްލާހުު ހުށަހެޅުމަށް ލަފާދެއްވާފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އެ ފުރުސަތު ދިނުމަށްފަހު، އެ ޚިޔާލުތަކަށް ރިއާޔަތްކޮށް ސަރުކާރުން ނިންމާ ނިންމުމައިގެން ކުރިއަށްދެވޭނެ ގޮތް ހެދުން މުހިންމު ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިނިވަން މެންބަރަކު ހުށަހެޅުއްވި އިސްލާހެއް ކަމުގައި ވިޔަސް، އޭގެއިން ރައްޔިތުންނަށް ހެޔޮ ބަދަލެއް ލިބޭނެ ނަމަ ސަރުކާރުގެ ޕާޓީން އެކަމުގައި ބައިވެރިވުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ދެކެވަޑައިގަންނަވާ ކަމަށްވެސް ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ރައީސް މިހެން ވިދާޅުވެފައިވާއިރު ކައުންސިލްތަކުގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ބިމެއް ސަރުކާރުގެ މަޝްރޫއެއް ހިންގަން ބޭނުންވެއްޖެ ހާލަތެއްގައި ނެގޭ ގޮތަށް އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ގެނައި އިސްލާހުގެ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ ފާސްކޮށްފައެވެ.
ތުޅާދޫ ދާއިރާގެ މެމްބަރު އަބްދުލްހަންނާނު ހުށަހެޅުއްވި މި ބިލު މަޖިލީހުން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 59 މެންބަރުންގެ ތެރެއިން 47 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.
އެބިލް ފާސްކޮށްފައިވަނީ ކައުންސިލްގެ އިހްތިސާސުން ވަކިކުރާ ބިމެއްގައި ކައުންސިލުން ނުވަތަ އެހެން ފަރާތަކުން އިންވެސްޓްމެންޓެއް ކޮށްފައިވާ ނަމަ، ފިނޭންސް މިނިސްޓްރީއަށް ހުށަހަޅައިގެން އެކަށީގެންވާ ބަދަލު ލިބެން ޖެހޭގޮތަށް އިސްލާހު ގެނައުމަށްފަހުއެވެ.

ކައުންސިލްތައް މެދުވެރިކޮށް ރައްޔިތުންނަށް ޚިދުމަތްކުރަން މަސައްކަތްކުރިޔަސް، ފެންނަނީ ސިޔާސީ ވިސްނުން އިސްކުރާ މަންޒަރު: ރައީސް@presidencymv pic.twitter.com/bzp2uhCFQP
— PSM News (@psmnewsmv) August 26, 2026
މި މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން، އަމިއްލަ މެންބަރަކު މަޖިލީހަށް ހުށަހެޅުއްވި އިސްލާހާ މެދު ސަރުކާރާއި ޕީއެންސީގެ މެންބަރުން މަޝްވަރާކުރައްވާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ސަރުކާރުގެ މަޝްރޫއުތަކަށް ބިން ނުވަތަ ސަރަހައްދުތައް ނެގުމުގެ ކުރިން ކައުންސިލްތަކުގެ ބަހެއް ހޯދުމާއި، ރައްޔިތުންނާއި ސްޓޭކްހޯލްޑަރުންގެ ޚިޔާލު ހޯދުމަށް ވަކި މުއްދަތެއްގެ ފުރުސަތު ހުޅުވާލުމަށް އިސްލާހުު ހުށަހެޅުމަށް ލަފާދެއްވާފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އެ ފުރުސަތު ދިނުމަށްފަހު، އެ ޚިޔާލުތަކަށް ރިއާޔަތްކޮށް ސަރުކާރުން ނިންމާ ނިންމުމައިގެން ކުރިއަށްދެވޭނެ ގޮތް ހެދުން މުހިންމު ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިނިވަން މެންބަރަކު ހުށަހެޅުއްވި އިސްލާހެއް ކަމުގައި ވިޔަސް، އޭގެއިން ރައްޔިތުންނަށް ހެޔޮ ބަދަލެއް ލިބޭނެ ނަމަ ސަރުކާރުގެ ޕާޓީން އެކަމުގައި ބައިވެރިވުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ދެކެވަޑައިގަންނަވާ ކަމަށްވެސް ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ރައީސް މިހެން ވިދާޅުވެފައިވާއިރު ކައުންސިލްތަކުގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ބިމެއް ސަރުކާރުގެ މަޝްރޫއެއް ހިންގަން ބޭނުންވެއްޖެ ހާލަތެއްގައި ނެގޭ ގޮތަށް އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ގެނައި އިސްލާހުގެ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ ފާސްކޮށްފައެވެ.
ތުޅާދޫ ދާއިރާގެ މެމްބަރު އަބްދުލްހަންނާނު ހުށަހެޅުއްވި މި ބިލު މަޖިލީހުން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 59 މެންބަރުންގެ ތެރެއިން 47 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.
އެބިލް ފާސްކޮށްފައިވަނީ ކައުންސިލްގެ އިހްތިސާސުން ވަކިކުރާ ބިމެއްގައި ކައުންސިލުން ނުވަތަ އެހެން ފަރާތަކުން އިންވެސްޓްމެންޓެއް ކޮށްފައިވާ ނަމަ، ފިނޭންސް މިނިސްޓްރީއަށް ހުށަހަޅައިގެން އެކަށީގެންވާ ބަދަލު ލިބެން ޖެހޭގޮތަށް އިސްލާހު ގެނައުމަށްފަހުއެވެ.
ކިޔުންތެރިންގެ ހިޔާލު