ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި ހުންނަ ޕާކިސްތާން އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސް (ޕީއައިއެމްއެސް) ހޮސްޕިޓަލުގެ ތުއްތުކުދިން ބަލަހައްޓާ ނާސަރީ ވޯޑުގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި، ކައިވެންޏަށް 5 އަހަރު ފަހުން ލިބުނު އެއްމާބަނޑު ދެ އަންހެން ކުދިން ނިޔާވެ، ހިތާމަވެރި ހާދިސާއެއް ހިނގައިފިއެވެ.
މި ހިތާމަވެރި ހާދިސާގައި ވަކިވެދިޔަ ދެކުދިންނަކީ ޚައިބަރު ޕަޚްތޫންޚުވާގެ ބަޖައުރަށް ނިސްބަތްވާ، ތަރުކާރީ ވިއްކުމުގެ މަސައްކަތްކުރާ ބަހާދުރު ޚާންގެ ދެކުދިންނެވެ.
އުރުދޫ ނިއުސްއާ ހަވާލާދީ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ދަރިއަކު ހޯދުމަށްޓަކައި ބަހާދުރު ޚާންގެ ދެމަފިރިން ކުރި 5 އަހަރު ދުވަހުގެ ދިގު އިންތިޒާރަށް އުފާވެރި ނިމުމެއް އައީ މި ދެކުދިން އުފަންވުމުންނެވެ. ނަމަވެސް، ހޮސްޕިޓަލުގައި ހިނގައިދިޔަ މި ހިތާމަވެރި ހާދިސާއާ ގުޅިގެން އެ އާއިލާއަށް ވަނީ ފޫނުބެއްދޭވަރުގެ ބޮޑު ހިތާމައަކާއި ސިހުމެއް ލިބިފައެވެ. އަލިފާނުގެ ހާދިސާ ހިނގި ވަގުތުވެސް ބަހާދުރު ޚާން ހުރީ އެ ހޮސްޕިޓަލުގައެވެ.
ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ގޮތުގައި، މި ހާދިސާގައި ވިހޭތާ ގިނަ ދުވަސްތަކެއް ނުވާ ޖުމްލަ 14 ތުއްތުކުއްޖަކު ވަނީ ނިޔާވެފައެވެ. އަދި ހާދިސާ ހިނގި ވަގުތު ނާސަރީގައި ތިބި ކުދިންގެ ތެރެއިން ސަލާމަތްކުރެވުނީ އެންމެ ކުއްޖެކެވެ.
މި ހާދިސާއާ ގުޅިގެން ޕީއައިއެމްއެސް ހޮސްޕިޓަލުގައި އަލިފާން ރޯވާން މެދުވެރިވި ސަބަބާއި، ކުއްލި ނުރައްކަލުގެ ހާލަތުގައި ހޮސްޕިޓަލުގެ މުވައްޒަފުން އަމަލުކުރި ގޮތް ބެލުމަށް ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ ހާއްސަ ތަހުގީގެއް ހިންގަމުންނެވެ.
މި ހިތާމަވެރި ހާދިސާއާ ގުޅިގެން ޕާކިސްތާނުގެ ސިއްހީ ވުޒާރާއިން މިހާރު ވަނީ މައްސަލަ ބެލުމަށް ހާއްސަ ކޮމިޓީއެއް އެކުލަވާލާފައެވެ. ފުރަތަމަ ލިބުނު މައުލޫމާތުތަކަށް ބަލާއިރު، އަލިފާން ރޯވާން މެދުވެރިވީ ނާސަރީގައި ބޭނުންކުރަމުންދިޔަ މެޑިކަލް އިކުއިޕްމަންޓެއް ޝޯޓް ސާކިޓް ވުމުގެ ސަބަބުން ކަމަށް ބެލެވެއެވެ.
ހޮސްޕިޓަލުގެ އެތެރޭގައި ދުންބޯވެ، އަލިފާން އަވަހަށް ފެތުރިގެން ދިޔުމުގެ ސަބަބުން ތުއްތުކުދިން ސަލާމަތްކުރުމަށް ސިއްހީ އެހީތެރިންނަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހުނެވެ. ގިނަ ކުދިން ނިޔާވާން މެދުވެރިވި މައިގަނޑު ސަބަބަކީ އަލިފާނުގެ ދުމުގެ އަސަރުކޮށްގެން ނޭވާ ހާސްވުން ކަމަށް ޑޮކްޓަރުން ވަނީ ފާހަގަކުރައްވާފައެވެ.
ސަލާމަތްވި ހަމައެކަނި ކުއްޖާއަށް މިހާރު ދަނީ އެހެން ހޮސްޕިޓަލެއްގެ އައިސީޔޫގައި ފަރުވާ ދެމުންނެވެ. އަދި އެ ކުއްޖާގެ ހާލުވެސް ސީރިއަސް ކަމަށް ރިޕޯޓްތައް ބުނެއެވެ.
މި ހާދިސާއާ ގުޅިގެން ހޮސްޕިޓަލުގެ އިހުމާލެއް ވޭތޯ ބެލުމަށް ފުލުހުންނާއި ފަޔަރ އެންޑް ރެސްކިއު ޓީމުތަކުން ފުޅާ ދާއިރާއެއްގައި ތަހުގީގު ހިންގަމުން އަންނައިރު، ކުދިން ގެއްލުނު އާއިލާތަކުން ދަނީ އިންސާފު ހޯދުމަށް ގޮވާލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު