މާލޭގެ ދިލްކުޝާ ގޯޅި (ސްކޫޕް ގޯޅި) ގައި ހުންނަ ގެއެއްގައި ގޭސް ލީކުވުމުގެ ހާދިސާއެއް ހިނގައި އަންހެނަކު މަރުވެ، އިތުރު މީހަކަށް ސީރިއަސް އަނިޔާތަކެއް ވެއްޖެއެވެ.
މި ހާދިސާގައި މަރުވި އަންހެން މީހާ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައެވެ.
ހާދިސާ ހިނގި ސަރަހައްދުގައި ގޭސް ވަސް ވަރަށް ގަދައަށް ހުރި ކަމަށް އެ ސަރަހައްދުގައި ތިބި މީހުން މައުލޫމާތު ދެއެވެ.
ފުލުހުން މައުލޫމާތު ދިންގޮތުގައި މާލެ، މާފަންނު ދިލްކުޝާ ގޯޅީގައި ހުންނަ ގެއެއްގައި ދެ މީހަކު ހާލުދެރަވެފައި އޮތްކަމުގެ މައުލޫމާތު 2026 އޮގަސްޓް 27 ވަނަ ދުވަހުގެ ހެނދުނު 10:34 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވެއެވެ.
ހާލުދެރަވެފައިވާ ދެ މީހުންގެތެރެއިން އައިޖީއެމް ހޮސްޕިޓަލަށް ގެންދިޔަ މީހާ ނިޔާވެފަވާކަމަށް ހޮސްޕިޓަލުން މައުލޫމާތު ދެއެވެ. ނިޔާވެފައި ވަނީ ދަފްތަރު ނަންބަރު ރސ 6210 / މާލެ، ޒާހިދާ ތައުފީޤު (51އ) އެވެ.
މީގެއިތުރުން، ހާދިސާގައި އަނިޔާވެ ހާލު ދެރަވި 19 އަހަރުގެ އަންހެން މީހާ، ހައިޕަބެރިކް ޗެމްބާގައި ފަރުވާދޭން ޖެހޭތީ، އެ ކުއްޖާ މިހާރު ވަނީ އިތުރު ފަރުވާއަށް އޭޑީކޭ ހޮސްޕިޓަލަށް ބަދަލުކޮށްފައެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުންނާއި އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސްއިން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު