ދިވެހިރާއްޖޭގެ އެއްގަމު ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް، ޒަމާނީ ޤާނޫނީ އޮނިގަނޑެއްގެ ދަށުން ހިންގައި ބެލެހެއްޓުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވި "އެއްގަމު ދަތުރުފަތުރާ ބެހޭ ބިލު" ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަސްދީޤުކުރައްވައިފިއެވެ.
މި ބިލު ތަސްދީޤުކުރެއްވީ އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.
މި ޤާނޫނުގެ މައިގަނޑު މަޤްޞަދަކީ އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކާއި، އުޅަނދުތަކުގައި ދަތުރުކުރާ މީހުންގެ އިތުރުން މަގުމައްޗާއި ދަތުރުފަތުރުގެ ނިޒާމު ބޭނުންކުރާ އެންމެހައި ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމެވެ.
މި ބިލުގައި އުޅަނދުފަހަރު ރަޖިސްޓްރީކުރުމާއި، ލައިސަންސް ދޫކުރުމުގެ ޝަރުތުތަކުގެ އިތުރުން، ޕާކުކުރުމާއި މަޑުކުރުމުގެ ހަމަތަކާއި، އާންމު ދަތުރުފަތުރުގެ ޚިދުމަތްތަކުގެ މިންގަނޑުތަކާއި ތަންފީޒީ އިދާރާތަކަށް ލިބިގެންވާ ބާރުތައް ސާފުކޮށް ބަޔާންކޮށްފައިވެއެވެ.
އަލަށް އަމަލުކުރަންފަށާ މި ޤާނޫނުގެ ދަށުން، ޤަވާއިދުގައިވާ ޚާއްޞަ ގިންތީގެ އުޅަނދުތައް ފިޔަވައި އެހެން އެއްވެސް އެއްގަމު އުޅަނދެއް ބޭނުންކުރެވޭނީ އެ އުޅަނދެއް އުފެއްދި ތާރީޚުން ފެށިގެން ގިނަވެގެން 20 އަހަރުގެ މުއްދަތަށެވެ.
މީގެއިތުރުން ޤާނޫނާއި ޤަވާއިދާ ޚިލާފުވާ ފަރާތްތަކުގެ ލައިސަންސް ހިފެހެއްޓުމާއި، ލައިސަންސް ޕޮއިންޓް ޑީމެރިޓް ކުރެވޭނެ ނިޒާމެއް ގާއިމުކުރެވޭނެއެވެ. އަދި ދައްކަންޖެހޭ ފީއާއި ޖޫރިމަނާގެ އަދަދު 5,000 ރުފިޔާއަށްވުރެ ބޮޑުވެއްޖެނަމަވެސް ލައިސަންސް ހިފެހެއްޓޭނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.
މި ޤާނޫނާއެކު ރާއްޖެއިން ބޭރުގައި އުޅަނދު ދުއްވުމަށް އިންޓަރނޭޝަނަލް ޑްރައިވިންގ ޕާމިޓް ދޫކުރަންޖެހޭނެއެވެ. އަދި ބައިނަލްއަޤުވާމީ ޓްރެފިކް މުއާހަދާތަކުގައި ބައިވެރިވެފައިވާ ޤައުމުތަކުގެ ސައްޙަ ލައިސަންސް އޮންނަ ފަރާތްތަކަށް، ރާއްޖޭގައި އިތުރު ލައިސަންސެއް ނުނަގައި އުޅަނދު ދުއްވުމުގެ ހުއްދަ ލިބިގެންދާނެއެވެ.
އެއްގަމު ދަތުރުފަތުރުގެ ނިޒާމު ހިންގުމުގެ މައިގަނޑު މަސްއޫލިއްޔަތު ދަތުރުފަތުރާ ބެހޭ ވުޒާރާއިން ނަގާއިރު، އެ ވުޒާރާއަށް ލަފާދިނުމަށް "ރޯޑް ސޭފްޓީ އެންޑް ޓްރެފިކް މެނޭޖްމަންޓް އެޑްވައިޒަރީ ކޮމިޓީ" އެއް އެކުލަވާލަންޖެހެއެވެ.
އަދި މާލެ ސަރަޙައްދުގެ އެއްގަމު ދަތުރުފަތުރު ރާވައި ހިންގުމަށް "ގްރޭޓަރ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީސް" އުފެއްދުމަށާއި، އެއްގަމު ދަތުރުފަތުރުގެ ޤައުމީ ސްޓްރެޓެޖީއެއް އެކުލަވާލުމަށްވެސް މި ޤާނޫނުން ވަނީ ލާޒިމުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު