މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޑެޕިއުޓީ ޗެއާޕާސަންގެ މަގާމަށް އެ ޕާޓީގެ ކުރީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު (ޝިއްޕެ) އައްޔަންކުރައްވައިފިއެވެ.
ޝިފާޒު މި މަގާމަށް ހަމަޖެއްސެވީ އެމްޑީޕީގެ ގައުމީ މަޖިލީހުން ބޭއްވި ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 30 މެންބަރުންގެ އަޣުލަބިއްޔަތު ވޯޓުންނެވެ.
އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަންގެ މަގާމު ހުސްވެގެން ދިޔައީ ކުރިން އެ މަގާމުގައި ހުންނެވި އަހުމަދު އަބްދުﷲ ދާދިފަހުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
އަހުމަދު އަބްދުﷲ މަގާމުން އިސްތިއުފާ ދެއްވީ ކުރިއަށް އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވާދަކުރައްވާނެކަން ރަސްމީކޮށް އިއުލާން ކުރެއްވުމާ ގުޅިގެން، ޝާހިދުގެ ކެމްޕޭން ހަރަކާތްތަކުގައި އިސްކޮށް ބައިވެރިވެވަޑައިގަތުމުގެ ބޭނުމުގައެވެ.
ޝިފާޒަކީ ކުރިންވެސް އެމްޑީޕީގެ ހިންގުމުގައި އިސް ދައުރެއް އަދާކުރައްވާފައިވާ، އަދި ޕާޓީގެ ނައިބު ރައީސްކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

ކިޔުންތެރިންގެ ހިޔާލު