ގާނޫނާއި ގަަވައިދާ ޚިލާފަށް ހުއްދަ ނެތި ބޭރު ފައިސާ ގަނެ ވިއްކުމުގެ މުއާމާލަތްކޮށް، އަމިއްލަ އެކައުންޓުތަކުގައި ތިން އަހަރު ތެރޭ 54 މިލިއަން ރުފިޔާއާއި 1.6 މިލިއަން ޑޮލަރު ދައުރުކުރި ހަ ބިދޭސީއެއް ފުލުހުންނާއި އިމިގްރޭޝަނުން ހިންގި އޮޕަރޭޝަނެއްގައި އަތުލައިގެންފިއެވެ.
ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ގާނޫނާއި ގަަވައިދާ ޚިލާފަށް ހުއްދަ ނެތި ބޭރު ފައިސާ ގަނެ ވިއްކުމުގެ މުއާމާލަތް ކުރާ މީހުން ދެނެގަތުމަށް އެކުލަވައިލައިފައިވާ ޓާސްކްފޯސްއިން ހަ ބިދޭސިން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެެވެ. އެގޮތުން މިހާތަނަށް ތަހުގީގަށް އެއްކޮށްފައިވާ މައުލޫމާތަށް ބަލާއިރު، ފާއިތުވި ތިން އަހަރު ތެރޭގައި އެ މީހުންގެ އެކައުންޓުތަކުގައި ޖުމުލަ 54.4 މިލިއަން ރުފިޔާއާއި 1.63 މިލިއަން ޑޮލަރު ދައުރުކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ. އަދި އެ މީހުންނަކީ ހުއްދަ ދީފައިވާ މަސައްކަތްކުރުމުގެ ދާއިރާގެ ބޭރުން ބޭރު ފައިސާ ގަނެ ވިއްކުމުގެ ވިޔަފާރީގައި ހަރަކާތްތެރިވަމުން އަންނަ ބަޔެއްކަން ދެނެގަނެވިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މިމައްސަލައިގައި އަތުލައިގަތް ހަ ބިދޭސީންގެ ވަނަވަރު ފުލުހުން ވަނީ އާންމުކޮށްފައެވެ.
އޭގެތެރޭގައި ހިމެނެނީ
މުހައްމަދު ރާހުލް އަމީން، ބަންގްލަދޭޝް [ވަޒީފާ: އެކައުންޓެންޓް]
މަސްއޫދު މިއާ، ބަންގްލަދޭޝް [ވަޒީފާ: ވެއިޓަރު]
އެމްޑީ ފަރީދުއްދީން، ބަންގްލަދޭޝް [ވަޒީފާ: ޑްރައިވަރު]
ދުލްކަރުނައި އިމްރާން ޚާން، އިންޑިއާ [ވަޒީފާ: އިންޖިނިއަރު]
މުހައްމަދު އަސަތު ކަަލަންދަރު ހުސައިން، އިންޑިއާ [ވަޒީފާ: ސޭލްސްޕާސަން]
މުހައްމަދު މަހަމުދުރު ހަސަން، ބަންގްލަދޭޝް [ވަޒީފާ: ސާފުކުރުން]
ފުލުހުން ބުނީ، ގާނޫނާ ޚިލާފަށް ބޭރު ފައިސާ ގަނެ ވިއްކާ މީހުންގެ މައްސަލަތައް ބެލުމަށް މިހާތަނަށް ޓާސްކްފޯސްއިން އެއްކޮށްފައިވާ މައުލޫމާތުތައް ދިރާސާކުރިއިރު، ބައެއް އަމިއްލަ ފަރުދުންގެ ނަމުގައި ހުޅުވާފައިވާ ބޭންކު އެކައުންޓްތަކާއި އަމިއްލަ ފަރުދުންގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތައް ބިދޭސީން އިސްވެ ހިންގާ ގާނޫނާ ޚިލާފު އަމަލުތަކުން ހޯދާ ފައިސާ ދައުރުކޮށް މުޢާމަލާތްކުރުމަށް އެ ބިދޭސީންނާ ހަވާލުކޮށްފައި ހުންނަކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އެއްވެސް މީހެއްގެ ނަމުގައި ހުޅުވާފައިވާ ބޭންކު އެކައުންޓް އެހެން ބަޔަކު ހިންގާ ޤާނޫނާއި ޚިލާފު އަމަލުތަކަށް މަގުފަހިކުރުމަށް ދޫކުރުމަކީ އެ މީހެއްގެ މައްޗަށް ވެސް ކުށުގެ ބައިވެރިއެއްގެ ހައިސިއްޔަތުން ގާނޫނީ ފިޔަވަޅު އެޅިދާނެ ކަމެއް ކަމަށް ފުލުހުން ވަނީ ހަދާންކޮށްދީފައެވެ. އެހެންވެ، ގާނޫނާ ޚިލާފު އަމަލުތައް ހިންގުމަށް އެއްވެސް މީހަކަށް ބޭންކު އެކައުންޓް ބޭނުންކުރުމުގެ ފުރުސަތު ނުދިނުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.އަދި އެފަދަ އަމަލުތައް ކުރާ މީހުން ހޯދައި ގާނޫނީ ފިޔަވަޅު އަޅަމުންދާނެކަމުގެ ޔަގީންކަން ފުލުހުން ވަނީ ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު