ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަގާމުން އިސްތިއުފާ ދެއްވުމާ ހަމައަށް އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ސިލްސިލާ ސީދާ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް އެ ޕާޓީގެ ގައުމީ މަޖިލީހުން ފާސްކޮށްފިއެވެ.
އެމްޑީޕީން ފާސްކުރި ގަރާރުގައި ސަރުކާރުން އަޅަމުންދާ އިގްތިސާދީ ފިޔަވަޅުތަކަކީ ޒިންމާދާރުކަން ކުޑަ ފިޔަވަޅުތަކެއް ކަމަށް ސިފަކޮށް، އެފަދަ ނިންމުންތައް ނިންމުން ހުއްޓާލުމަށް ވަނީ ގޮވާލާފައެވެ. އަދި ގައުމަށް ކުރިމަތިވެފައިވާ އިގްތިސާދީ އަދި މާލީ ކަންބޮޑުވުންތަކަށް ހައްލެއް ހޯދުމަށް އެމްޑީޕީއާއެކު މަޝްވަރާގެ މޭޒަށް ވަޑައިގަތުމަށްވެސް އެ ގަރާރުގައި ރައީސް މުއިއްޒަށް އިލްތިމާސްކޮށްފައިވެއެވެ.
ނަމަވެސް، މަޝްވަރާގެ މަގުން މި މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން އުޒުރުވެރިވާނަމަ، ރައީސް އިސްތިއުފާ ދެއްވަންދެން ސިލްސިލާ ސީދާ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.
މީގެއިތުރުން، އެމްޑީޕީން ކުރިއަށްގެންދާ މި ސިލްސިލާ ހަރަކާތްތަކަށް މާލީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަށް ވިޔަފާރިވެރިންނަށް ގަރާރުގައި ވަނީ ގޮވާލާފައެވެ.
ސަރުކާރުގެ އިގްތިސާދީ ސިޔާސަތުތަކުގެ ސަބަބުން ގައުމަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާކަން ފާހަގަކުރަމުން، ޚާއްސަކޮށް ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ ދިވެހި ރުފިޔާއަށް މާރުކުރަން މަޖުބޫރުކުރުމަކީ އިގްތިސާދަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމެއްގެ ގޮތުގައި އެމްޑީޕީން ވަނީ ސިފަކޮށްފައެވެ.
އެމްޑީޕީގެ ގަރާރުގައި އިތުރަށް ބުނެފައިވަނީ ރާއްޖެއަށް ވަންނަ ޑޮލަރުގެ މިންވަރު އިތުރުކުރެވޭނީ ސަރުކާރުގެ މާލީ ސިޔާސަތުތަކަށް ވިޔަފާރިވެރިން ކުރާ އިތުބާރު ބޮޑުކޮށްގެން ކަމަށެވެ. އަދި ޑޮލަރުގެ އަގު ތިރިކޮށް، ތަކެތީގެ އަގުތައް ހެޔޮކުރުމަށްޓަކައި ރާއްޖެއިން ބޭރަށް ދައްކަންޖެހޭ ޑޮލަރުގެ މިންވަރު ކުޑަކުރުމަށް އެކަށީގެންވާ ފިޔަވަޅުތަކެއް އަޅަމުން ނުދާކަމަށްވެސް އެ ޕާޓީން ވަނީ ފާހަގަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު