އަޝްވާގް ފައުޒީ   1 ސެޕްޓެމްބަރު 2026 - 7:15
މައިމޫން ހައްޔަރުކުރުން ފޮޓޯ: ރަސް
މައިމޫން ހައްޔަރުކުރުން ފޮޓޯ: ރަސް
އިދިކޮޅު އެމްޑީޕީގެ ޔޫތު ވިންގު ("ޒުވާނުންގެ ހިތްވަރު") ގެ ނައިބު ރައީސް އަހުމަދު މައިމޫން މުހައްމަދު ކޯޓު އަމުރެއްގެ ދަށުން ރޭ ދަންވަރުގެ ވަގުތެއްގައި ފުލުހުން ހައްޔަރުކޮށްފިއެވެ.

މައިމޫން ހައްޔަރުކުރި ނަމަވެސް، އޭނާގެ މައްޗަށް ކުރަނީ ކޮން ތުހުމަތެއްކަން ފުލުހުން އަދި ރަސްމީކޮށް ސާފުކޮށްދީފައެއް ނުވެއެވެ.

މައިމޫން ހައްޔަރުކޮށްފައި މިވަނީ، ރައީސުލްޖުމްހޫރިއްޔާ ډރ. މުހައްމަދު މުއިއްޒު އިސްތިއުފާ ދެއްވަންދެން ސީދާ ހަރަކާތްތައް ސިލްސިލާ ގޮތެއްގައި ކުރިއަށް ގެންދިއުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ރޭ ބޭއްވި ބައްދަލުވުމުގައި ގަރާރެއް ފާސްކޮށްފައި ވަނިކޮށެވެ.

އެ ބައްދަލުވުމަށްފަހު އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުން ވަނީ މަގުމައްޗަށް ނުކުމެ މުޒާހަރާކޮށްފައެވެ.

އެ މުޒާހަރާގައި މައިމޫންވެސް ބައިވެރިވެވަޑައިގެންނެވި ނަމަވެސް، އޭނާ ހައްޔަރުކޮށްފައިވަނީ މުޒާހަރާ ނިމުނު ފަހުން މާފަހުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް