އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ކޮންގްރެސް ބޭއްވެންދެން އެ ޕާޓީގެ ގައުމީ މަޖިލީހުގެ އުމުރު ދަންމާލުމަށް ރޭ ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާއިން ވަނީ ފާސްކޮށްފައެވެ.
މިއީ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 33 މެންބަރުންގެ އިއްތިފާގުން ނިންމެވި ނިންމެވުމެކެވެ.
ރޭގެ ޖަލްސާއިން ފާސްކުރި ހުށަހެޅުމުގައިވާ ގޮތުން، ގައުމީ މަޖިލީހުގެ އިންތިހާބު ބާއްވާނީ ކޮންގްރެސް ބާއްވާ ތާރީހުން ފެށިގެން 30 ދުވަހުގެ ތެރޭގައެވެ.
އަދި ކޮންމެފަދަ ހާލަތެއް މެދުވެރިވި ކަމުގައިވީ ނަމަވެސް، އަންނަ ޖެނުއަރީ 31 ގެ ކުރިން ގައުމީ މަޖިލީހުގެ އިންތިހާބު ބާއްވައި ނިންމުމަށް ވަނީ ނިންމައިފައެވެ.
މި ހުށަހެޅުމަކީ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ހުށަހެޅުއްވި، އަދި ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ތާއީދުކުރެއްވި ހުށަހެޅުއްވުމެކެވެ.
މީގެ އިތުރުން، ދައުރު ދަންމާނުލައި މި މަހުގެ 25 ގައި އިންތިހާބު ބޭއްވުމަށް މަނަދޫ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު މުހައްމަދު ތޯރިގު ހުށަހެޅުއްވި ނަމަވެސް، އެ ހުށަހެޅުމަށް އެއްވެސް މެންބަރަކު ތާއީދުކުރައްވާފައެއް ނުވެއެވެ.
އެމްޑީޕީގެ އަސާސީ ގަވާއިދުގައިވާ ގޮތުން، އެ ޕާޓީގެ އެންމެ އިސް ގުނަނަކީ ކޮންގްރެސްއެވެ. އަދި ކޮންމެ ފަސް އަހަރަކުން އެއް ފަހަރު ކޮންގްރެސްގެ ބައްދަލުވުމެއް ބޭއްވުމަކީ އަސާސީ ގަވާއިދުން ލާޒިމުކުރާ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު