އިދިކޮޅު އެމްޑީޕީގެ ޔޫތު ވިންގު ("ޒުވާނުންގެ ހިތްވަރު") ގެ ނައިބު ރައީސް އަހުމަދު މައިމޫން މުހައްމަދު ކޯޓު އަމުރެއްގެ ދަށުން ރޭ ދަންވަރުގެ ވަގުތެއްގައި ފުލުހުން ވަނީ ހައްޔަރުކުރުމާއި ގުޅިގެން ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް ވަނީ އެކަން ކުށްވެރިކުރައްވައި، އޭނާ ދޫކޮށްލުމަށް ގޮވާލައްވާފައެވެ. ރައީސް ޞާލިޙް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ މައިމޫން ވަގުތުން މިނިވަންކުރުމަށް އެދިވަޑައިގެންފައެވެ.
މައިމޫން ހައްޔަރުކުރި ނަމަވެސް، އޭނާގެ މައްޗަށް ކުރަނީ ކޮން ތުހުމަތެއްކަން ފުލުހުން އަދި ރަސްމީކޮށް ސާފުކޮށްދީފައެއް ނުވެއެވެ.
މައިމޫން ހައްޔަރުކޮށްފައި މިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިސްތިއުފާ ދެއްވަންދެން ސީދާ ހަރަކާތްތައް ސިލްސިލާ ގޮތެއްގައި ކުރިއަށް ގެންދިއުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ރޭ ބޭއްވި ބައްދަލުވުމުގައި ގަރާރެއް ފާސްކޮށްފައި ވަނިކޮށެވެ.
އެ ބައްދަލުވުމަށްފަހު އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުން ވަނީ މަގުމައްޗަށް ނުކުމެ މުޒާހަރާކޮށްފައެވެ. އެ މުޒާހަރާގައި މައިމޫންވެސް ބައިވެރިވެވަޑައިގެންނެވި ނަމަވެސް، އޭނާ ހައްޔަރުކޮށްފައިވަނީ މުޒާހަރާ ނިމުނު ފަހުން މާފަހުންނެވެ.

ކިޔުންތެރިންގެ ހިޔާލު