ކައުންސިލްތަކުގެ ބިންތައް ނެގުމަކީ ސަރުކާރުން ބޭނުންވާގޮތެއް ނޫން ކަމަށާއި އެކަން ކުރާނީ އެނޫން ގޮތެއް ނެތިގެން ކަމަށް ރައީސް މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ކައުންސިލްތަކުގެ އިޚްތިޞާޞްގެ ދަށުގައިވާ ބިންތައް ތަރައްޤީގެ މަޝްރޫޢުތަކަށް ސަރުކާރަށް ނެގޭގޮތަށް ލާމަރުކަޒީ ޤާނޫނަށް ގެނެވުނު އިޞްލާޙު ތަޞްދީޤުކުރެއްވުމަށްފަހު، ރައީސް އޮފީހުން ޢާންމުކުރެއްވި ވީޑިއޯ މެސެޖެއްގައި ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުޢިއްޒު ވިދާޅުވީ، މަޖިލީހުގެ އަމިއްލަ މެންބަރަކު ހުށަހެޅުއްވި އެ ބިލަށް ސަރުކާރުން ތާއީދުކުރީ ރަށްރަށުގައި ތަރައްޤީގެ މަޝްރޫޢުތައް ހިންގުމަށް ބައެއް ކައުންސިލްތަކުން ކުރިމަތިކުރާ ހުރަސްތަކަށް ޙައްލެއް ހޯއްދެވުމުގެ ބޭނުމުގައި ކަމަށެވެ. އަދި ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވައުދުތައް ފުއްދުމަށް ސަރުކާރުން ކުރާ މަސައްކަތްތަކަށް ބައެއް ކައުންސިލްތަކުގެ ސަބަބުން ދަތިތަކާ ކުރިމަތިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި، ސަރުކާރުގެ އަޞްލު މަޤްޞަދަކީ ކައުންސިލްތަކުގެ ބިންތައް ވަކިކުރުން ނޫން ކަމަށާއި، ނަމަވެސް މަޝްރޫޢުތަކަށް ހުރަސްއެޅި އެތައް މަހެއްގެ މުއްދަތެއް ލަސްވަމުންދާނަމަ، އެނޫން ގޮތެއް ނެތިގެން ނަމަވެސް ބިން ވަކިކޮށްގެން މަޝްރޫޢުތައް ކުރިއަށްގެންދަން ޖެހޭ ކަމަށެވެ.
މީގެއިތުރުން، ޤާނޫނަށް ގެނެވުނު މި ބަދަލުގެ ދަށުން ކައުންސިލެއްގެ ބިމެއް ސަރުކާރަށް ނެގުމަށް ކެބިނެޓުން ނިންމި ކަމުގައިވީނަމަވެސް، އެކަމުގައި ކައުންސިލާ މަޝްވަރާކުރަންޖެހޭނެކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ބިން ނެގެނީ ހަމައެކަނި ތަރައްޤީގެ މަޝްރޫޢެއް ހިންގުމަށް އެކަނި ކަމަށާއި، ބިން ނެގުމުގެ ކުރިން އެއީ ކޮން މަޝްރޫޢަކާ ގުޅޭ ބިމެއްކަމުގެ މަޢުލޫމާތު ސަރުކާރުން ޢާންމުކުރަންޖެހޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ލާމަރުކަޒީ ޤާނޫނަށް ހުށަހެޅުނު 19 ވަނަ އިޞްލާޙު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ މިދިޔަ ބުދަ ދުވަހުއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ މިއަދު އެ ބިލް ތަޞްދީޤުކުރެއްވުމާ ގުޅިގެން، އެ އިޞްލާޙަށް މިހާރު ވަނީ ޢަމަލުކުރަން ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު