މިއަހަރުގެ އޮގަސްޓް 27 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 27.92 ބިލިއަން ރުފިޔާ ލިބި، ވޭތުވެދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 6.9 އިންސައްތައިގެ ކުރިއެރުމެއް ހޯދައިފިއެވެ.
މިއީ 2025 ވަނަ އަހަރުގެ އެ މުއްދަތުގައި ލިބުނު 26.12 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 1.8 ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ. މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސްއިން އާންމުކުރި "ވީކްލީ ފިސްކަލް ޑިވަލޮޕްމަންޓްސް" ރިޕޯޓުގައިވާ ގޮތުން، އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ޓެކްސް އާމްދަނީއާއި، މުދަލާއި ބިންބިމުން ލިބުނު ފައިސާގެ އިތުރުން ދައުލަތަށް ލިބުނު ހިލޭ އެހީގެ މިންވަރު މަތިވުމެވެ.
ދައުލަތަށް ލިބުނު އާމްދަނީގެ ބޮޑު ބައެއް ހިއްސާކުރަނީ ޓެކްސްގެ ގޮތުގައި ލިބުނު ފައިސާއެވެ. އެގޮތުން ޖުމްލަ ޓެކްސް އާމްދަނީގެ ގޮތުގައި 21.73 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ ވޭތުވެދިޔަ އަހަރަށްވުރެ 9.2 އިންސައްތައިގެ އިތުރުވުމެކެވެ. ޓެކްސްގެ ބާވަތްތަކަށް ބަލާއިރު، ޓީޖީއެސްޓީގެ ގޮތުގައި 7.52 ބިލިއަން ރުފިޔާ (4.4 އިންސައްތައިގެ އިތުރުވުމެއް) އަދި ޖީއެސްޓީގެ ގޮތުގައި 3.56 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ.
މީގެ އިތުރުން ވިޔަފާރިއާއި މުދަލުން ލިބުނު ޓެކްސް 19.7 އިންސައްތައިގެ ކުރިއެރުމަކާއެކު 5.55 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، ކޯޕަރޭޓް އިންކަމް ޓެކްސްގެ ގޮތުގައި 6.1 އިންސައްތައިގެ ކުރިއެރުމަކާއެކު 2.87 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. އަދި އިމްޕޯޓް ޑިއުޓީގެ ގޮތުގައި 2.21 ބިލިއަން ރުފިޔާ ލިބުނުއިރު، އެއާޕޯޓް ސާވިސް ޗާޖާއި ޑިޕާޗާ ޓެކްސްގެ ގޮތުގައި 1.26 ބިލިއަން ރުފިޔާ ލިބިފައިވެއެވެ.
ޓެކްސް ނޫން އާމްދަނީގެ ތެރެއިން މުދަލާއި ގޯތިގެދޮރުން ލިބުނު އާމްދަނީ 32.0 އިންސައްތަ އިތުރުވެ، 1.68 ބިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ. މީގެ ތެރޭގައި ރިސޯޓުތަކުގެ ކުލީގެ ގޮތުގައި ލިބުނު 1.17 ބިލިއަން ރުފިޔާއާއި، ބިން ގަތުމާއި ބިމުގެ ބޭނުން ބަދަލުކުރުމުގެ ފީގެ ގޮތުގައި ލިބުނު 424.0 މިލިއަން ރުފިޔާ ހިމެނެއެވެ. މީގެ އިތުރުން ދައުލަތަށް ހިލޭ އެހީގެ ގޮތުގައި ލިބުނު މިންވަރު 88.0 އިންސައްތަ އިތުރުވެ، 250.9 މިލިއަން ރުފިޔާއިން 471.8 މިލިއަން ރުފިޔާއަށް ވަނީ އުފުލިފައެވެ.
އާމްދަނީ އިތުރުވި ނަމަވެސް، ދައުލަތުގެ ޖުމްލަ ޚަރަދު ވަނީ 17.5 އިންސައްތައިން އިތުރުވެ 29.96 ބިލިއަން ރުފިޔާއަށް އަރާފައެވެ. ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ދައުލަތުން ހޭދަކޮށްފައިވަނީ 25.50 ބިލިއަން ރުފިޔާއެވެ. ޚަރަދުތަކުގެ ތަފްސީލަށް ބަލާއިރު، ރިކަރަންޓް ޚަރަދުގެ ގޮތުގައި 26.14 ބިލިއަން ރުފިޔާ ހޭދަވެފައިވާއިރު، އެހީ އާއި ސަބްސިޑީއަށް 8.54 ބިލިއަން ރުފިޔާ (40.3 އިންސައްތައިގެ އިތުރުވުމެއް) ވަނީ ހޭދަކޮށްފައެވެ. މުވައްޒަފުންގެ މުސާރައާއި އުޖޫރައަށް 4.75 ބިލިއަން ރުފިޔާ އަދި އިނާޔަތްތަކަށް 4.04 ބިލިއަން ރުފިޔާ ހޭދަވިރު، ޕެންޝަނާއި ރިޓަޔަރމަންޓަށް 1.56 ބިލިއަން ރުފިޔާ އަދި އާސަންދައަށް 1.45 ބިލިއަން ރުފިޔާ ވަނީ ހޭދަވެފައެވެ.
އުމްރާނީ ތަރައްޤީއާއި ކެޕިޓަލް ހޭދައިގެ ތަފްސީލަށް ބަލާއިރު، ޖުމްލަ ކެޕިޓަލް ޚަރަދުގެ ގޮތުގައި 3.82 ބިލިއަން ރުފިޔާ ހޭދަވެފައިވެއެވެ. މީގެ ތެރެއިން އުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކަށް 3.33 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ. ކެޕިޓަލް ޚަރަދުގެ ތެރެއިން ބިމާއި އިމާރާތްތަކަށް ކުރި ހޭދަ 44.6 އިންސައްތަ އިތުރުވެ 1.24 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، މިއީ ވޭތުވެދިޔަ އަހަރަށްވުރެ 382.3 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. މީގެ އިތުރުން ކެޕިޓަލް އިކުއިޕްމަންޓަށް 473.9 މިލިއަން ރުފިޔާ އަދި ފާލަމާއި ބަނދަރު ހެދުމުގެ މަޝްރޫއުތަކަށް 292.1 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު