ޓިބެޓަށް ކުރިމަތިވި ބާރުގަދަ ފެންބޮޑުވުމުގެ ބިރުވެރި މަންޒަރުތައް ބައިނަލްއަޤްވާމީ މީޑިއާތަކުގައި ދައުރުވަމުންދާއިރު، މި ހާދިސާއާ ގުޅޭ މަޢުލޫމާތުތައް ޗައިނާ ސަރުކާރުން ހަރުކަށިކޮށް ކޮންޓްރޯލް ކުރަމުންދާ ކަމުގެ ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.
މިކަމުގެ ސަބަބުން މި ކާރިސާގައި ގެއްލުންވި މީހުންގެ ޙަޤީޤީ އަދަދާއި ގެއްލުމުގެ ފުރިހަމަ ތަފްޞީލާމެދު ވަނީ ބޮޑެތި ސުވާލުތަކެއް އުފެދިފައެވެ.
ނޭޕާލާއި ޓިބެޓް ގުޅޭ މައި ބޯޑަރު ސަރަޙައްދު ކަމަށްވާ ގީރޮންގް ޕޯޓަށް އެރި ބާރުގަދަ ފެންގަނޑުގައި ގިނަ ޢިމާރާތްތަކެއް ވަނީ ބެހިގެން ގޮސްފައެވެ. އަދި ސަތޭކަ އަށްވުރެ ގިނަ މީހުން ވަނީ ރައްކާތެރި ސަރަޙައްދުތަކަށް ބަދަލުވާން މަޖުބޫރުވެފައެވެ. ސީސީޓީވީ ފުޓޭޖުތައް ބޭރުގެ މީޑިއާތަކުގައި ޢާންމުވި ނަމަވެސް، ޗައިނާގެ ދައުލަތުގެ ޓީވީން ދައްކާފައިވަނީ ވަރަށް މަދު މަންޒަރުތަކެކެވެ. އަދި ޗައިނާގެ
އިންޓަނެޓް ކޮންޓްރޯލްތަކުގެ ސަބަބުން މި ހާދިސާގެ އަސްލު ވީޑިއޯތައް ހޯދުމަށް ވަނީ ދަތިވެފައެވެ.
ރިޕޯޓްތައް ބުނާގޮތުން މި ކާރިސާގައި އެތައް ސަތޭކަ ބަޔަކު މަރުވެ ނުވަތަ ގެއްލިފައިވާއިރު، އިމަޖެންސީ ޓީމުތަކުން ދަނީ މީހުން ސަލާމަތްކުރުމުގެ ބޮޑު އޮޕަރޭޝަނެއް ހިންގަމުންނެވެ. މި މަސައްކަތްތައް ވިލަރެސްކުރެއްވުމަށް ރައީސް ޝީ ޖިންޕިންގ ކުއްލި ބައްދަލުވުންތަކެއް ބާއްވަވާފައިވާއިރު، ޕްރިމިއަރ ލީ ކިއާންގ ވަނީ އެ ސަރަޙައްދަށް ޒިޔާރަތްކުރައްވައި މަސައްކަތްތައް ބައްލަވާލައްވާފައެވެ.
ޗައިނާގެ މީޑިއާތަކުން އާންމުކުރި ވީޑިއޯތަކުން ފެންނަނީ ޗަކަޔާއި ގަލުގެ ދަށުން މީހުން ހޯދުމަށް ރެސްކިއު ޓީމުތަކުން ނުރައްކާތެރި ފަރުބަދަމަތީ ސަރަޙައްދުތަކުގައާއި ފުރިބަންޑުންވެފައިވާ ކޯރުތަކުގައި ހަރަކާތްތެރިވާ މަންޒަރެވެ. ނަމަވެސް، މި ހާދިސާއިން ސަލާމަތްވި މީހުންގެ ފަރާތުން ސީދާ މަޢުލޫމާތު ލިބެނީ ވަރަށް މަދުންނެވެ. އަދި ގެއްލިފައިވާ މީހުންގެ ޢާއިލާތަކުގެ ޝުޢޫރުތައް ވެސް މީޑިއާތަކަށް ފިލްޓަރު ނުކޮށް ލިބެމުން ނުދެއެވެ.
ސަރުކާރުގެ ހުއްދައަކާ ނުލައި ބޭރުގެ ނޫސްވެރިންނަށް ޓިބެޓަށް ދަތުރުނުކުރެވޭތީ، މިނިވަންކަމާއެކު ޚަބަރު ފެތުރުމަށް ވަނީ ވަރަށް ބޮޑަށް ހުރަސްއެޅިފައެވެ. އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމާޢަތްތަކުން ބުނާ ގޮތުގައި، ޓިބެޓުގެ ސިޔާސީ ނާޒުކު ތާރީޚުގެ ސަބަބުން އެ ސަރަޙައްދުގެ މަޢުލޫމާތު ކޮންޓްރޯލްކުރުން ވަކިން ޚާއްޞަކޮށް ހަރުކައްޓެވެ.
އިންޓަނޭޝަނަލް ކެމްޕޭން ފޯރ ޓިބެޓް (އައި.ސީ.ޓީ) އިން ވަނީ ސޯޝަލް މީޑިއާއިން މި ހާދިސާގެ ވީޑިއޯތަކާއި މަޢުލޫމާތުތައް ޗައިނާ ސަރުކާރުން ފޮހެލަމުންދާ ކަމަށް ތުހުމަތުކޮށްފައެވެ. އަދި ލިބުނު ގެއްލުންތަކާއި ޝިކާރައަކަށްވި މީހުންގެ ސައްޙަ މަޢުލޫމާތު ހާމަކުރުމަށް އެ ޖަމާޢަތުން ވަނީ ގޮވާލާފައެވެ. ނަމަވެސް ބެއިޖިންގުން ބުނަމުންދަނީ ޓިބެޓުގެ ތަރައްޤީއާއި ހަމަޖެހުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
މީހުން ސަލާމަތްކުރުމުގެ މަސައްކަތްތައް ކުރިއަށްދާއިރު، މިނިވަން މަޢުލޫމާތު ލިބުން މަދުވުމުގެ ސަބަބުން މި ކާރިސާގެ އަސްލު ބޮޑުމިނާއި މަރުވި މީހުންގެ ޙަޤީޤީ ޢަދަދު ބޭރު ދުނިޔެއަށް ދެނެގަތުމަށް ވަނީ ނުކުޅެދިފައެވެ. އަދި ޓިބެޓުގެ އެތެރޭގައާއި ބޭރުގައި ދިރިއުޅޭ ގިނަ ޢާއިލާތަކުން އަދިވެސް ދަނީ ގެއްލިފައިވާ އެމީހުންގެ ލޯބިވާ ފަރާތްތަކުގެ ޚަބަރެއް ލިބޭތޯ ކެތްތެރިކަމެއް ނެތި އިންތިޒާރު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު