މާލީ ކުށްތައް ކުރުމަށާއި ސްކޭމްތައް ހިންގުމަށް އެހެން މީހުންނަށް ބޭންކް އެކައުންޓާއި ކާޑު ބޭނުންކުރަން ދޭ މީހުންނާ ދެކޮޅަށް ޖިނާއީ ދައުވާ އުފުލަން ނިންމައިފިއެވެ.
ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އައްބާސް ޝަރީފް ވިދާޅުވީ، ކުށުގެ އަމަލުތައް ހިންގުމަށްޓަކައި އެކައުންޓް ކުއްޔަށް ދިނުމާއި އެހެން މީހުން ލައްވާ ބޭނުންކުރުވުމުގެ މައްސަލަތައް ރާއްޖޭގައި ވަރަށް ބޮޑަށް އިތުރުވަމުންދާ ކަމަށެވެ. އަދި ފުލުހުން މިފަދަ މައްސަލަތައް ތަހުގީގުކޮށް ނިންމުމަށްފަހު ފޮނުވުމުން، ވަކިވަކި މައްސަލަތައް ބެލުމަށްފަހު ދައުވާކުރަމުން ގެންދަވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޕީޖީ ފާހަގަކުރެއްވި ގޮތުގައި، ކުށެއް ކުރާކަން އެނގިހުރެ އެކަމަށް މަގުފަހިކޮށްދިނުމުގެ ގޮތުން އެކައުންޓާއި ކާޑު ދޫކުރާ ފަރާތްތަކަށް ހަރުކަށި ފިޔަވަޅު އަޅާނެއެވެ. ހާއްސަކޮށް، ކަނޑައަޅާފައިވާ ރަސްމީ ރޭޓަށް ވުރެ ބޮޑު އަގުގައި ޑޮލަރު މާރުކުރުމުގެ މައްސަލަތަކާއި، އެކި ކަހަލަ ސްކޭމްތައް ހިންގުމުގައި އަސްލު ކުށްކުރާ މީހާ ނޫން އެހެން މީހުންގެ އެކައުންޓްތައް މެދުވެރިކޮށް ފައިސާ ދައުރުކުރާ މައްސަލަ މިހާރު ވަނީ ވަރަށް ބޮޑުވެފައެވެ. އެހެންކަމުން މިފަދަ ކަންކަން ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލައި ފިޔަވަޅު އަޅަން ނިންމާފައިވާ ކަމަށް ޕީޖީ ވިދާޅުވިއެވެ.
މި މައްސަލައާ ގުޅޭގޮތުން ޕީޖީ އޮފީހުން ބުނީ، އެހެން މީހެއްގެ ބޭނުމަށް އެކައުންޓް ކުއްޔަށް ދިނުމަކީ ނުވަތަ ބޭނުންކުރަން ދިނުމަކީ މަނީ ލޯންޑްރިންގެ އަމަލަކަށް އެހީތެރިވެ މަގުފަހިކޮށްދިނުން ކަމަށެވެ. އަދި ޝައްކުކުރެވޭ ފައިސާ ދައުރުކުރުމަށް "މަނީ މިއުލް" އެއްގެ ގޮތުގައި އަމިއްލަ އެކައުންޓް ދޫކޮށްލުމަށްފަހު، އެއީ ކޮން ގޮތަކަށް ލިބުނު ފައިސާއެއްކަން ނުވަތަ ކުށަކާ ގުޅުންހުރި ކަމެއްކަން ނޭނގޭ ކަމަށް ބުނެ ޒިންމާއިން ރެކެން ދައްކާ ވާހަކަތައް ގަބޫލުނުކުރެވޭނެ ކަމަށް ވެސް އެ އޮފީހުން ބުނެއެވެ.
ޕީޖީ އޮފީހުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، އެކައުންޓް ނުވަތަ ކާޑު އެހެން މީހަކަށް ދީގެން ޣައިރުގާނޫނީ މުއާމަލާތެއް ނުވަތަ މަނީ ލޯންޑްރިންގެ އަމަލެއް ހިންގައިފިނަމަ، އެ ކާޑެއްގެ ނުވަތަ އެކައުންޓެއްގެ ވެރިފަރާތުގެ މައްޗަށް އެ ކުށުގައި ބައިވެރިވުމާއި ހިތްވަރު ދިނުމުގެ ދައުވާ އުފުލޭނެ އެވެ. އަދި އެއީ ތިމަންނަ ދަންނަ ކަމެއް ނޫން ކަމަށް ބުނެ އެކައުންޓުގެ ވެރިފަރާތަށް ސަލާމަތް ނުވެވޭނެ ކަމަށާއި، ޖިނާއީ ކުށްތައް ކުރާ މީހުން ފައިސާ ދޮވުމަށް މިފަދަ އުކުޅުތައް ބޭނުންކުރާކަން ވަނީ ފާހަގަކުރެވިފައެވެ.
މީގެއިތުރުން ސްކޭމްގެ މައްސަލަތަކުގައި ވެސް މީހެއްގެ އެކައުންޓަށް ފައިސާ ޖަމާވެފައިވާނަމަ، އެ އެކައުންޓުގެ ވެރިފަރާތް ފުރިހަމައަށް ޒިންމާދާރުކުރުވައި، އެ ފަރާތުގެ މައްޗަށް ދައުވާކުރުމުގެ އިތުރުން ގެއްލުނު ފައިސާ އަނބުރާ ދައްކަން ވެސް އަންގާނެ ކަމަށް ޕީޖީ އޮފީހުން ވަނީ ހާމަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު