ދައުލަތުގެ ޚަރަދުތައް ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން، ކައުންސިލްތަކުގެ ވަޒީފާތަކަށް އެއްވެސް މީހަކު ނަގަންވާނީ ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ހުއްދަ ލިޔުމުން ލިބިގެން ކަމަށް އެ އޮތޯރިޓީން އަންގައިފިއެވެ.
މިގޮތަށް އަންގާފައިވަނީ އެލްޖީއޭގެ ސީއީއޯ މުހައްމަދު ނިމާލު ސޮއިކުރައްވައި، ރާއްޖޭގެ ހުރިހާ ކައުންސިލްތަކުގެ ރައީސުންނަށް އިއްޔެ ފޮނުއްވި ސިޓީއެއްގައެވެ.
އެ ސިޓީގައި ބަޔާންކޮށްފައިވާ ގޮތުގައި، ދައުލަތުގެ ޚަރަދު ކުޑަކުރުމަށް އެލްޖީއޭއިން އަޅަން ނިންމާފައިވާ ފިޔަވަޅުތަކުގެ ތެރެއިން، ދައުލަތުގެ ބަޖެޓުންނާއި ކައުންސިލްގެ އަމިއްލަ އާމްދަނީން ޚަރަދުވާ ގޮތަށް ކައުންސިލްތަކުން އަލަށް އުފައްދާ މަގާމުތަކަށާއި، ހުސްވާ ދާއިމީ މަގާމުތަކުގެ އިތުރުން ކޮންޓްރެކްޓް އަދި ވޭޖް އުސޫލުން މީހުން ނެގޭނީ އެލްޖީއޭގެ ލިޔުމުން ހުއްދަ ހޯދުމަށްފަހުގައެވެ.
މީގެއިތުރުން، ވަގުތީ ބޭނުންތަކަށާއި ވަކި ޚާއްސަ މަޝްރޫއުތައް ހިންގުމަށް ކޮންޓްރެކްޓް، ވޭޖް، ކޮންސަލްޓަންސީ އަދި މި ނޫންވެސް އުޖޫރަދެވޭ އެއްވެސް ބާވަތެއްގެ ވަޒީފާއަކަށް މީހުން ނެގުމަށް އިޢުލާނު ކުރަންވާނީވެސް އެލްޖީއޭގެ ހުއްދަ ކުރިން ހޯދުމަށްފަހު ކަމަށް އެ ސިޓީގައި ވެއެވެ.
ދައުލަތުގެ މާލީ ހާލަތު ރަނގަޅުކޮށް، ޚަރަދުތައް ކުޑަކުރުމަށް ސަރުކާރުން ގިނަ ފިޔަވަޅުތަކެއް އަޅަމުންދާއިރު، ސަރުކާރު ހިއްސާވާ ކުންފުނިތައް 'ރައިޓް ސައިޒް' ކުރުމުގެ މަސައްކަތުގެ ތެރެއިން 6،000 އެއްހާ މުވައްޒަފުން ވަޒީފާއިން ވަކިކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދާދިފަހުން ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު