ހުޅުމާލެ ފޭސް 2 ގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި މި ދުނިޔެއާ އަލްވަދާއު ކީ އުމުރުން އެންމެ ނުވަ އަހަރުގެ ޒީވާ ސިނާން އަޙްމަދު (ޒިޒީ) ގެ ވަކިވުމާ ގުޅިގެން، އޭނާގެ ބައްޕަ ސޯޝަލް މީޑިއާގައި ހިއްސާކުރި އަސަރުގަދަ ޝުޢޫރުތަކުން އެތައް ބައެއްގެ ލޮލުން ކަރުނަ ހިލުވައިލައިފިއެވެ.
ހިތްފަޅައިގެންދާ ފަދަ ބޮޑު ހިތާމައެއްގެ ތެރޭގައި ހުރެ ވެސް، ޒިޒީގެ ބައްޕަ ބުނެފައިވަނީ އޭނާގެ ދަރިފުޅުގެ ވަކިވުމުގެ އެންމެ ފަހު ވަގުތާ ހަމައަށް ވެސް ހުރީ އެ ދަރިފުޅާމެދު އިންތިހާއަށް ފަޚުރުވެރިވެގެން ކަމަށެވެ.
ޒިޒީގެ ބައްޕަ ލިޔެފައިވާ ގޮތުގައި، ހޮސްޕިޓަލުގެ މޮނީޓަރުގެ ލައިންތައް ފްލެޓްވެ، ދަރިފުޅުގެ ފުރާނަ ނެތް ހަށިގަނޑު ކައިރީގައި ހުރިއިރު ވެސް އޭނާ ހުރީ އެ ތޫނުފިލި، ހިތްވަރުގަދަ ދަރިފުޅާ މެދު ފަޚުރުވެރިވެގެންނެވެ. އެ މޫނުމަތިން ފެންނަން ހުރި ހިނިތުންވުމުން އެންމެންނަށް ދައްކުވައިދިނީ "އެއީ އަހަރެންގެ ދަރިފުޅު ޒީވާ ސިނާން އަޙްމަދު" ކަމަށް ބުނާ ފަދަ ޝުޢޫރުތަކެކެވެ.
ޒިޒީއަކީ އެހެން ކުދިންނާ މުޅިން ތަފާތު، ނުހަނު ޑިސިޕްލިން އަދި ކަންކަން ރާވައިގެން ކުރިއަށްދާ ކުއްޖެއްކަން ހާމަކުރަމުން ބައްޕަ ބުނީ، އޭނާއަކީ އަބަދުވެސް އައު ކަންކަން ދަސްކުރުމަށް ލޯބިކުރި ކުއްޖެއް ކަމަށެވެ. ޚާއްޞަކޮށް ފޮތް ކިޔުމާއި، ޑޮކިއުމެންޓްރީތައް ބެލުމުގެ އިތުރުން ޤުރްއާން ހިތުދަސްކުރުމާއި، ސައިންސް ފެއާތަކާއި ސްޕެލިންގ ބީ ފަދަ މުބާރާތްތަކުގައި ޒިޒީ ހޯދި ކާމިޔާބީތައް އޭނާ ފާހަގަކުރިއެވެ. ކީރިތި ޤުރްއާނުގެ ސޫރަތުލް ފީލް އިން ފެށިގެން ބަޤަރާ ސޫރަތުގެ ފުރަތަމަ 45 އާޔަތް ހިތުދަސްކުރުމުގައި ޒިޒީ ދެއްކި ހިތްވަރަކީ ނަމޫނާއެކެވެ.
މީގެއިތުރުން ޒިޒީއަކީ ބިރުކުޑަ، ކުޅިވަރުގެ މައިދާނުގައި ވެސް އަޖައިބެއް ފަދަ ހުނަރުވެރި ކުއްޖެކެވެ. ރެސްލިންގ ހަރަކާތްތަކާއި، ފުން ކަނޑުތަކަށް ފުންމާލައިގެން ސްނޯކްލިންގ ކުރުމާއި ރޯލަރ ސްކޭޓް ކުރުމުގައި ޒިޒީ ދެއްކި ހިތްވަރު ބައްޕަ ހަނދާން އައުކުރިއެވެ. ސްކޭޓް ކުރަން އުޅުމުގެ ތެރޭގައި ވެއްޓޭ ކޮންމެ ފަހަރަކު ޒިޒީ ބުނާ ކަމަށްވަނީ "ބައްޕާ، އަހަރެން ރަނގަޅު. މުހިންމީ ވެއްޓޭ އަދަދެއް ނޫން، އަލުން ތެދުވާ އަދަދު" ކަމަށެވެ. ހިތާމައަކީ، ބައްޕަ ޒިޒީއަށް ސަޕްރައިޒެއްގެ ގޮތުގައި ގަނެދިން އައު ސްކޭޓް ޖޯޑު ދެކިލުމުގެ ނަޞީބު ވެސް އެކްސިޑެންޓުގެ ސަބަބުން އެ ތުއްތު ކުއްޖާއަށް ނުލިބުމެވެ.
ޑޮކްޓަރަކަށް ވުމުގެ ފޮނި ހުވަފެން ދެކެމުން އައި ޒިޒީއަކީ އެހެން މީހުންނަށް އަޅާލާ، ކުލުނުވެރި ހިތެއްގެ ވެރިއެކެވެ. ބައްޕައާއެކު ލ. އަތޮޅަށް ތަޢުލީމީ ދަތުރެއް ދިއުމަށް ރާވަމުން ދިޔަ ނަމަވެސް، ތަޤުދީރުގެ ނިޔާ މާ އަވަސްވެ، އެ އުއްމީދުތައް ވަނީ ފުރިހަމަ ނުކުރެވިފައެވެ.
"ދަރިފުޅު އަހަންނަށް ދިނީ އަހަރެންގެ ޙަޔާތުގެ އެންމެ އުފާވެރި ދުވަސްތައް. އަހަރެން ދަރިފުޅަށް ދަސްކޮށްދިން އެއްޗަކަށްވުރެ ގިނައިން ދަރިފުޅު ވަނީ އަހަންނަށް ދަސްކޮށްދީފައި،" ބައްޕަގެ ސްޓޭޓަސް ނިންމާލަމުން ލިޔެފައިވެއެވެ.
ހުޅުމާލެ ފޭސް 2 ގައި ހިނގި މި ހިތާމަވެރި އެކްސިޑެންޓާ ގުޅިގެން މުޅި ރާއްޖެއަށް ބޮޑު ސިހުމަކާއި ހިތާމައެއް ލިބިފައިވާއިރު، އެ އާއިލާއަށް ކެތްތެރިކަން ދެއްވުމަށް އެދި އެތައް ހާސް ބަޔަކު ދަނީ ދުޢާކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު