ތައިލޭންޑުގެ ސަރުކާރުން އެ ޤައުމުގެ ވިސާ ޕޮލިސީއަށް ގެނައި ބަދަލުތައް އޮގަސްޓް 31، 2026 ގައި ރަސްމީކޮށް ގެޒެޓްކުރުމާ ގުޅިގެން، ސެޕްޓެމްބަރު މަހުގެ 15 އިން ފެށިގެން އެ ބަދަލުތަކަށް ޢަމަލުކުރަން ފަށާނެ ކަމަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ހާމަކޮށްފިއެވެ.
މި ގެނެވުނު ބަދަލާއެކު، 15 ސެޕްޓެމްބަރުން ފެށިގެން ތައިލޭންޑަށް ޒިޔާރަތްކުރާ ދިވެހި ފަތުރުވެރިންނަށް ވިސާއާ ނުލައި 30 ދުވަހުގެ މުއްދަތަށް އެ ޤައުމުގައި ތިބެވޭނެއެވެ.
މި އަހަރުގެ މެއި މަހުގެ ތެރޭގައި ތައިލޭންޑް ސަރުކާރުގެ ކެބިނެޓުން ވަނީ އެ ޤައުމުގެ ވިސާ ޕޮލިސީއަށް ބޮޑެތި ބަދަލުތަކެއް ގެނެސް، 93 ޤައުމެއްގެ ފަތުރުވެރިންނަށް ވިސާއާ ނުލައި ތިބެވޭ މުއްދަތު 60 ދުވަހަށްވުރެ ކުޑަކުރުމަށް ނިންމާފައެވެ. އެ ނިންމުމުގައި ދިވެހިރާއްޖެ ހިމެނިފައިވަނީ ވިސާއާ ނުލައި ތައިލޭންޑަށް ޒިޔާރަތްކޮށް ތިބުމަށް އެންމެ 15 ދުވަސް ދޭ ޤައުމުތަކުގެ ލިސްޓުގައެވެ.
އެއާއެކު، 29 ޖޫން 2026 ގައި ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރު އަލްފާޟިލާ އިރުތިޝާމް އާދަމް ވަނީ ތައިލޭންޑުގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު އަދި ފޮރިން މިނިސްޓަރު ހިޒް އެކްސަލަންސީ ސީހާސަކް ފޫވަންގްގެޓްގޭއޯއާ ފޯނުން ގުޅުއްވައި މިކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.
ދެ ވަޒީރުންގެ މަޝްވަރާތަކަށްފަހު، ޖުލައި މަހުގެ 14 ގައި ތައިލޭންޑުން ވިސާ ޕޮލިސީ އަލުން މުރާޖާކޮށް އާންމުކުރި ނިންމުމުގައި، ދިވެހިންނަށް ވިސާއާ ނުލައި ތައިލޭންޑުގައި ތިބެވޭ މުއްދަތު ވަނީ 15 ދުވަހުން 30 ދުވަހަށް އިތުރުކޮށްދީފައެވެ.

ކިޔުންތެރިންގެ ހިޔާލު