ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ފަލާޙު ވިދާޅުވީ، ކުރީގެ މާލީ ވަޒީރު އިބްރާހީމް އަމީރުގެ މާލީ ވަޒީރުކަމުގައި މި ޤައުމު ވައްޓާލާފައިވާ ނިކަމެތި އަނދަވަޅުން ސަލާމަތްކޮށް، ރައްޔިތުންނަށް އުފާފާގަތިކަން ހޯދައިދިނުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ډރ. މުޙައްމަދު މުޢިއްޒު ރެއާއި ދުވާލު އިޚުލާޞްތެރިކަމާއެކު ބުރަ މަސައްކަތްޕުޅުތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ.
އެގޮތުން، ޤައުމާއި ރައްޔިތުންގެ ޙައްޤުގައި އެއްވެސް ވެރިއަކު މީގެ ކުރިން ނުކުރައްވާހާ ބުރަ އަދި އިޚުލާޞްތެރި މަސައްކަތްޕުޅުތަކެއް މިހާރުގެ ރައީސް ގެންދަވަނީ ކުރައްވަމުންނެވެ.
ކުރީގެ ރައީސް މުޙައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅުތަކަށް އަލިއަޅުއްވާލައްވަމުން ފަލާޙު ވިދާޅުވީ، އެދުވަހު ރައީސް ނަޝީދު ދެއްކެވީ ހަމަ ވަރަށް ރަނގަޅު ވާހަކަފުޅުތަކެއް ކަމަށެވެ. އަދި އަމީރު މާލީ ވަޒީރުކަމުގައި ސަރުކާރުގެ ކުންފުނިތަކާއި މިނިސްޓްރީތަކުގެ އޮޑިޓް ރިޕޯޓުތައް ބަލާލުމުން، ހިންގާފައިވާ ވައްކަމާއި ޚިޔާނާތުގެ ބޮޑުކަމުން ލޮލުން ކަރުނަ ހިފެހެއްޓޭވަރު ނުވާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، އަމީރު މިހާރު ދައްކަވާ ވާހަކަތަކަށް ފާޑުވިދާޅުވަމުން ފަލާޙު ވިދާޅުވީ، އެފަދަ ވާހަކަތައް ދެއްކެވުމުން ބައެއް ފަހަރު ގަޔަށް ހޮޑުލެވޭ ވަރުވާ ކަމަށެވެ. އަދި ކުރިން ކުރައްވާފައިވާ ވައްކަންތައް އޮއްބާލެވޭނެ ކަމަށް ހީކުރެއްވި ނަމަވެސް، އެކަން އެގޮތަށް ނުކުރެވޭނެ ކަމަށް ފަލާޙު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު