އުމްރާއަށް ގެންދާނެ ކަމަށް ބުނެ ފައިސާ ނެގުމަށްފަހު އޮޅުވާލި އަސްކޮއި އުމްރާ ގުރޫޕުން، ގެއްލުންވި އާއިލާއަކަށް 1.5 ލައްކައަށްވުރެ ގިނަ ރުފިޔާ އަނބުރާ ދެއްކުމަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.
މި މައްސަލައަކީ ހަ މީހެއްގެ އަތުން ފައިސާ ނެގުމަށްފަހު އުމްރާއަށް ނުގެންގޮސް، އެ ކުންފުނީގެ އިސްވެރިން ފައިސާއާއެކު ފިލި މައްސަލައެކެވެ.
މި މައްސަލައިގައި އަސްކޮއި ޓްރެވެލް ސާވީސް އާއި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ރަޝީދުގެ މައްޗަށް ދައުވާކޮށް، އަނިޔާވި އާއިލާގެ ފަރާތުން އެދިފައިވަނީ އުމްރާއަށް ދިއުމަށް ދެއްކި 155,700 ރުފިޔާގެ އިތުރުން، މައްސަލަ ޝަރީއަތަށް ހުށަހެޅުމަށް ހިނގި ހަރަދު ހޯދުމަށެވެ.
މައްސަލައިގެ ޝަރީއަތުގައި ފައިސާ ދެއްކުމަށް ކުންފުންޏާއި އަބްދުﷲ ރަޝީދު އެއްބަސްވުމުން، ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި އެ ފައިސާ ދައްކާ ހަލާސްކުރުމަށް ސިވިލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ނަމަވެސް، ޝަރީއަތުގެ ހަރަދުގެ ގޮތުގައި އެދުނު 42,000 ރުފިޔާ ނަގައިދެވޭނެ ގާނޫނީ ތަނެއް ނެތް ކަމަށް ކޯޓުގެ ހުކުމުގައި ބުނެފައިވެއެވެ.
ފައިސާ ނެގުމަށްފަހު އުމްރާއަށް މީހުން ނުގެންދިޔަ މައްސަލައާ ގުޅިގެން އިސްލާމިކް މިނިސްޓްރީން ވަނީ އަސްކޮއި ޓްރެވެލް ސާވީސްއަށް ދޫކޮށްފައިވާ ހުއްދަ ހިފަހައްޓާފައެވެ.
މީގެއިތުރުން، އެ ކުންފުންޏަށާއި އެ ކުންފުނީގެ ހިއްސާދާރަކު ހިމެނޭ އެހެން އެއްވެސް ކުންފުންޏަކަށް ކުރިއަށް އޮތް ތަނުގައި އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ނުދިނުމަށްވެސް މިނިސްޓްރީން ވަނީ ނިންމާފައެވެ.
އަސްކޮއި ގްރޫޕުން އުމްރާވެރިންނަށް އޮޅުވާލި މައްސަލައިގައި އިސްލާމިކް މިނިސްޓްރީން ކުރިންވެސް އެކި ފަހަރު މަތިން އެ ކުންފުނި ޖޫރިމަނާކޮށް، ހަރުކަށި ފިޔަވަޅުތަކެއް އަޅާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު