ވަރުވާއަށް ދޫކޮށްފައިވާ ފަޅުރަށްރަށުގެ ކުލި އަލުން ކަނޑައަޅައި، އަލަށް އެކުލަވައިލި ޤާނޫނަށް ފެއްތުމަށްޓަކައި ހަ މަސް ދުވަހުގެ މުއްދަތެއް ދީފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ ހޯމަ ދުވަހު ތަޞްދީޤު ކުރެއްވި ފަޅުރަށްރަށާ ބެހޭ އައު ޤާނޫނުގައިވާ ގޮތުން، މި ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު މީގެ ކުރިން ޢަމަލުކުރަމުން އައި ދިވެހިރާއްޖޭގެ ފަޅުރަށްރަށާ ބެހޭ ޤާނޫނު އުވޭނެއެވެ. އަދި އައު ޤާނޫނަށް ޢަމަލުކުރަން ފަށާނީ ޤާނޫނު ތަޞްދީޤު ކުރި ތާރީޚުން ފެށިގެން އެއް މަސް ދުވަސް ފަހުންނެވެ.
ދޫކުރާ ބޭނުމަކާ ގުޅޭގޮތަށް ފަޅުރަށްތަކުން ކުލި ނަގާނެ ރޭޓްތަކާއެކު އެކުލަވާލާފައިވާ މި ޤާނޫނު ބަޔާންކުރާ ގޮތުގައި، މިހާރު ދޫކޮށްފައި ހުރި ރަށްތަކުގެ އެއްބަސްވުންތައް ޤާނޫނުގައިވާ އިޖުރާއަތްތަކާ އެއްގޮތަށް މުރާޖަޢާކޮށް، ކުލީގެ ރޭޓުތައް އައު ޤާނޫނަށް ފައްތަން ޖެހެއެވެ. މިގޮތުން ކަނޑައެޅޭ އައު ރޭޓުތަކާ އެއްގޮތަށް މުރާޖަޢާކުރެވޭ އެއްބަސްވުންތަކަށް ޢަމަލުކުރަން ފަށަން ޖެހޭނީ އައު ޤާނޫނަށް ޢަމަލުކުރަން ފަށާތާ ހަ މަސް ދުވަހުގެ ތެރޭގައެވެ.
އައު ޤާނޫނުގައިވާ ގޮތުން ފަޅުރަށްރަށް ޢާންމު އުޞޫލުން ކުއްޔަށް ދޫކުރެވޭނީ ގިނަވެގެން 21 އަހަރުގެ މުއްދަތަކަށެވެ. އެހެންނަމަވެސް، އެ ރަށަކާ ޙަވާލުވެފައިވާ ސަރުކާރުގެ ވުޒާރާއަކަށް ނުވަތަ ލޯކަލް ކައުންސިލްތަކަށް އެ މުއްދަތު 50 އަހަރާ ހަމައަށް އިތުރުކޮށްދިނުމުގެ އިޚްތިޔާރު ޤާނޫނުން ވަނީ ދީފައެވެ.
ފަޅުރަށްރަށާއި ފަޅުތައް ކުއްޔަށް ދޫކުރާނެ އެންމެ ކުޑަ އަގުތަކަށް ބަލާއިރު، ސިނާއީ އަދި އިޤްތިޞާދީ ބޭނުންތަކަށް އަކަމީޓަރަކަށް އަހަރަކު 3.00 ރުފިޔާ ނެގުމަށް ވަނީ ކަނޑައަޅާފައެވެ. އަދި މަސްވެރިކަމާއި ދަނޑުވެރިކަމުގެ ބޭނުންތަކަށް އަކަމީޓަރަކަށް އަހަރަކު 2.50 ރުފިޔާ، އިޖުތިމާއީ ކަންކަމަށް ދޫކުރާ ބިންތަކަށް އަކަމީޓަރަކަށް އަހަރަކު 2.00 ރުފިޔާ އަދި މަސްވެރިކަމުގެ ބޭނުމަށް ފަޅުތައް ކުއްޔަށް ދިނުމަށް އަކަމީޓަރަކަށް އަހަރަކު 0.50 ރުފިޔާ ނެގުމަށް ޤާނޫނުގައި ވަނީ ކަނޑައަޅާފައެވެ.
މީގެއިތުރުން، ދައުލަތުގެ މިލްކިއްޔާތުގައިވާ މިފަދަ އަގުހުރި ވަސީލަތްތައް ދޫކުރުމުގައި ނަޒާހާތްތެރިކަން ކަށަވަރުކުރުމުގެ މުހިންމު ފިޔަވަޅުތަކެއްވެސް ވަނީ އަޅާފައެވެ. އެގޮތުން، ފަޅުރަށްރަށް ކުއްޔަށް ދޫކުރެވޭ ގޮތުގެ ތާވަލާއި، އެކަމާ ގުޅޭ އެންމެހައި މަޢުލޫމާތުތައް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަދި އޮޑިޓަރ ޖެނެރަލްގެ އޮފީހާ ޤަވާއިދުން ޙިއްޞާކުރުން މި ޤާނޫނުގެ ދަށުން ވަނީ ލާޒިމުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު