ދިވެހި ފުލުހުންގެ ޚިދުމަތް މަދަނީ ވަކި މުއައްސަސާއެއްގެ ގޮތުގައި ހިނގަމުން އަންނަތާ 22 އަހަރު ފުރުން ފާހަގަކުރުމަށް ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން ކުޑަކުދިންނަށް ހާއްސަ ހަވީރެއް ބާއްވައިފިއެވެ.
މި ހަވީރު ބާއްވާފައިވަނީ މިއަދު ހަވީރު 4:00 އިން 6:00 އަށް ސޯޝަލް ސެންޓަރު ސަރަހައްދުގައެވެ. މި ހަވީރުގައި، ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ބައިވެރިވެވަޑައިގެންނެވިއެވެ.
ފުލުހުން ބުނީ ފުލުހުންނާއި އެކު އުފާވެރި މާހައުލެއްގައި ވަގުތު ހޭދަކޮށްލުމުގެ ފުރުސަތު ލިބިގެންދިޔަ މި ހަވީރުގައި، ކުޑަކުދިންނާއި އާއިލާތަކަށް ހާއްސަ ކުޅިވަރުތަކުގެ އިތުރުން ހޭލުންތެރިކުރުވުމުގެ ހާއްސަ މެސެޖުތައް ފޯރުކޮށްދީފައިވާކަމަށެވެ. އަދި މި ހަވީރުގައި މާލެ އޭރިއާގެ އެކި ޑިޕާޓްމަންޓުތަކުން ސްޓޯލްތައް ގާއިމުކޮށް ތަފާތު ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވާކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މާލޭގައި މިއަދު ބޭއްވި ހަވީރުގެ އިތުރުން، ރާއްޖޭގެ އެކި ރަށްރަށުގައި ވެސް ކުޑަކުދިންނަށް ހާއްސަ ހަވީރުތައް އިއްޔެއާއި މިއަދު ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. ގިނަ އަދަދެއްގެ ފުލުހުންގެ ބައިވެރިވުމާއެކު ކުރިއަށް ގެންދިޔަ މި ހަވީރުތަކަށް ކުޑަކުދިންނާއި އާއިލާތަކުގެ ވަރަށްބޮޑު ތަރުހީބެއް ލިބިފައިވާކަމަށް ފުލުހުން ހާމަކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު