މިއާމީ އިންޓަނޭޝަނަލް އެއާޕޯޓަށް ސަން ހުއާންއިން އައި ޕްރައިމް އެއާގެ ފްލައިޓް 7598 (ބޯއިންގް 767-300އެފް) އެއާޕޯޓުގެ ރަންވޭ 30 އިން ކަސިޔާރުވެ ނުރައްކާތެރި ހާދިސާއެއް ހިންގައިފިއެވެ.
މުދާ އުފުލާ މި މަތިންދާބޯޓު ރަންވޭގައި މަޑުނުކުރެވި، ބާރު ސްޕީޑުގައި ގޮސް ތާރުއެޅި ސަރަހައްދުން ބޭރަށް ނުކުމެފައިވެއެވެ.
ބޯޓު ކަސިޔާރުވެގެން ގޮސް އެއާޕޯޓް ސަރަހައްދުގައި ހުރި އެއްގަމު އުޅަނދުތަކެއްގައި ޖެހުމާއެކު، ބޯޓުގައި ވަނީ ބާރުގަދައަށް އަލިފާން ރޯވެފައެވެ.
މި އަލިފާނުގެ ސަބަބުން އެއާޕޯޓުގެ މައްޗަށް ބޯ ދުމުގެ ކުޅިއެއް ފެތުރިގެން ދިޔައެވެ.
ހާދިސާ ހިނގި ތަނަށް އިމަރޖެންސީ ރެސްކިއު ޓީމުތަކުން މިނެޓްކޮޅެއްގެ ތެރޭގައި ހަރަކާތްތެރިވާން ފެށި ނަމަވެސް، ބޯޓު ޖެހުނު ބާރުމިނާއި ރޯވި އަލިފާނުގެ ސަބަބުން ގިނަ ބަޔަކު މަރުވެ، އެތައް ބަޔަކަށް ވަނީ ނުރައްކާތެރި ސީރިއަސް އަނިޔާތަކެއް ލިބިފައެވެ.

ކިޔުންތެރިންގެ ހިޔާލު