ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް އަންގައި، އެމަނިކުފާނާ ޗިޓް ހަވާލުކުރުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
މައުލޫމާތު އެނގޭ ފަރާތަކުން ކަށަވަރުކޮށްދީފައިވާ ގޮތުގައި، ބަލަމުންދާ މައްސަލައަކާ ގުޅިގެން ނެރެފައިވާ މި ޗިޓާ އެކު ފުލުހުން ވަނީ މިއަދު ރައީސް ޔާމީން ދިރިއުޅުއްވާ ހ. ދޫވެއްސަށް ގޮސްފައެވެ. ނަމަވެސް، އެ ޗިޓް އެމަނިކުފާނާ މިހާތަނަށް ރައްދުކުރެވިފައިވާ ކަމެއް ނުވަތަ ނޫން ކަމެއް އަދި ސާފެއް ނުވެއެވެ. މީގެ އިތުރުން، އެމަނިކުފާނު ހާޒިރުކުރަނީ ސީދާ ކޮން މައްސަލައަކާ ގުޅިގެން ކަމެއްވެސް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.
މި ކަން މެދުވެރިވެފައިވަނީ، ހައުސިން މިނިސްޓްރީ ކުރިން ހިންގި އިމާރާތުގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާ ގާތް ގުޅުމެއް އޮންނަ ބޭފުޅަކު ކުރެއްވި ކަމެއް ކަމަށް ރައީސް ޔާމީން ކުރެއްވި ތުހުމަތުތަކާ ގުޅިގެން، އެމަނިކުފާނު އަތްޕުޅުގައި ހުރި މައުލޫމާތުތައް ހޯދުމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ފުލުހުންނަށް އަންގަވާފައިވަނިކޮށެވެ.
މިކަމާ ގުޅޭގޮތުން ހޯމް މިނިސްޓަރު އަލީ އިހުސާން 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސަރުކާރުގެ ތިން ވުޒާރާއެއް ހިންގި އެ އިމާރާތުގައި އަލިފާން ރޯވީ ކަރަންޓު ޝޯޓެއްގެ ސަބަބުން ކަން ދިވެހި ފުލުހުންނާއި ބޭރުގެ މާހިރުން ގުޅިގެން ކުރި ތަހުގީގުން ސާބިތުވެފައިވާ ކަމަށެވެ. އަދި އެ ހާދިސާގައި އެއްވެސް މީހަކަށް ޖިނާއީ ތުހުމަތެއް ކުރެވޭފަދަ ހެކިތަކެއް ފެނިފައިނުވާކަމަށް ފުލުހުން މައުލޫމާތު ދީފައިވާކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
އެހެންނަމަވެސް، ރައީސް ޔާމީން އެފަދަ ތުހުމަތެއް ކުރައްވާފައިވާތީ، އެމަނިކުފާނަށް އެނގިވަޑައިގަންނަވާ މައުލޫމާތު ސާފުކޮށް، ތަހުގީގުގައި އިތުރަށް ބަލަންޖެހޭ ކަމެއް އޮތްތޯ ބެލުމަށް ފުލުހުންގެ ކިބައިން އެދިވަޑައިގެންފައިވާނެ ކަމަށް އިހުސާން ވިދާޅުވިއެވެ. އޭގެ އިތުރުން، ފުލުހުންގެ މައްޗަށް ކުރެވުނު ތުހުމަތުތައް މިނިވަންކަމާއެކު ތަހުގީގުކުރުމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އަށްވެސް ހުށަހަޅުއްވާފައިވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު