އިދިކޮޅު މައި ޕާޓީ، އެމްޑީޕީން ބާއްވަމުންދާ މުޒާހަރާތަކުގައި އިސްކޮށް ހަރަކާތްތެރިވާ އެ ޕާޓީގެ އެކްޓިވިސްޓު މުހައްމަދު ޝާމިން މިއަދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ހައްޔަރުކޮށްފިއެވެ.
ޓެކްސީ ޑްރައިވަރެއްގެ ގޮތުގައި ވެސް މަސައްކަތްކުރަމުން އަންނަ ޝާމިން ހައްޔަރުކުރުމާ ގުޅިގެން އޭނާގެ ޤާނޫނީ ޓީމުން ބުނީ، އޭނާ ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.
އެ ކޯޓު އަމުރުގައި ބުނެފައި ވަނީ މިދިޔަ އޯގަސްޓު މަހުގެ 28 ވަނަ ދުވަހުގެ ރޭ އެމްޑީޕީން ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން ޗާންދަނީ މަގާއި ދީދީ ގޯޅިއާ ގުޅޭ ކަންމަތީގައި މަގު ބަންދުކުރުމަށް ފުލުހުން ޖަހާފައި ހުރި ބެރިކޭޑު ހުރަސްކޮށް، ބަންދުކޮށްފައިވާ ސަރަހައްދަށް ޝާމިން ވަދެފައިވާ ކަމަށް ތުހުމަތުކުރެވޭ ކަމަށެވެ.
ޝާމިންއާ ދެކޮޅަށް ހުށަހަޅާފައިވާ ހެކީގެ ގޮތުގައި ކޯޓު އަމުރުގައި ފާހަގަކޮށްފައި ވަނީ، އެ ސަރަހައްދަށް ދިޔަ ފުލުހުންގެ ބަޔާނާއި، ސީސީޓީވީ ފުޓޭޖުތަކުގެ ސްނެޕްޝޮޓުތަކުގެ އިތުރުން ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓެކެވެ.
ޝާމިން މިއަދު ހައްޔަރުކޮށްފައިވާއިރު، މީގެ ކުރިން މެއި މަހުގެ ތެރޭގައި ވެސް ފުލުހުން ވަނީ އޭނާ ހައްޔަރުކޮށް ބަންދުގައި ބަހައްޓައިފަ އެވެ. އެ ފަހަރު އޭނާ ހައްޔަރުކުރީ ނޫސްވެރިންގެ ހައްގުގައި މާލޭގައި ކުރިއަށް ގެންދިޔަ މުޒާހަރާއެއްގެ ތެރެއިންނެވެ.
ސަރުކާރުގެ ކުންފުނިތަކުން މުވައްޒަފުން ވަކިކުރަމުންދާ ކަމަށް ބުނާ މައްސަލައާއި، ރާއްޖޭގެ ރިސޯޓުތަކުން ބޭންކުތަކަށް ޑޮލަރު މާރުކުރަންޖެހޭ އަދަދު 40 ޕަސެންޓަށް އިތުރުކުރުމަށް ނިންމި ނިންމުމާ ދެކޮޅަށް އެމްޑީޕީން މިހާރު އަންނަނީ މާލޭގައި ސިލްސިލާ މުޒާހަރާތަކެއް ބާއްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު