އޮޅުވާލައިގެން އޯޓީޕީ ހޯދުމަށްފަހު، މީހެއްގެ ބޭންކު އެކައުންޓުން ގިނަ އަދަދެއްގެ ފައިސާ ނެގި މައްސަލައިގައި ހައްޔަރުކޮށްފައިވާ ގއ. ގެމަނަފުށީ މީހާގެ ބަންދުގެ މުއްދަތު ކުރިމިނަލް ކޯޓުން އަނެއްކާވެސް 30 ދުވަހަށް އިތުރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށުގައި ހުރީ ގއ. ގެމަނަފުށި، ރަންކޮކާގެ، އުމުރުން 36 އަހަރުގެ ނަދީފް މުހައްމަދެވެ. އެކި ފަހަރު މަތިން އޭނާގެ ބަންދުގެ މުއްދަތު މީގެކުރިން ވެސް އިތުރުކޮށްފައިވާއިރު، އެންމެ ފަހުން ދިން މުއްދަތު ހަމަވުމުން އިއްޔެ ކޯޓަށް ހާޒިރުކުރުމުން ވަނީ އިއްޔެއިން ފެށިގެން އިތުރު 30 ދުވަސް ބަންދަށް ޖަހައިދީފައެވެ.
ފުލުހުން ވިދާޅުވި ގޮތުގައި މިއީ މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހުގެ 20 ވަނަ ދުވަހު ހިނގި ހާދިސާއެކެވެ. އެގޮތުން، ކަސްޓަމަރެއްގެ ގޮތުގައި ވިޔަފާރިކުރާ މީހަކަށް ގުޅައި އޮޅުވާލައިގެން އޯޓީޕީ ހޯދުމަށްފަހު އެކައުންޓުން ފައިސާ ކަނޑައިގަތް މައްސަލައާ ގުޅިގެން، ކޯޓު އަމުރެއްގެ ދަށުން ނަދީފް ހައްޔަރުކުރީ 29 ޑިސެމްބަރު 2025 ގައެވެ.
ތަހުގީގަށް އެނގިފައިވާ ގޮތުގައި، މި ސްކޭމްގެ ތެރެއިން އޭނާ ވަނީ 29،600 އަށްވުރެ ގިނަ ރުފިޔާ އެހެން މީހެއްގެ އެކައުންޓަށް ޖަމާކޮށް، އޭގެ ތެރެއިން 24،700 ރުފިޔާ އެކި ފަހަރު މަތިން އޭޓީއެމް މެދުވެރިކޮށް ނަގާފައެވެ. މީގެ އިތުރުން 4،900 އަށްވުރެ ގިނަ ރުފިޔާ އެހެން ފަރާތެއްގެ އެކައުންޓަށް ޖަމާކޮށްގެން ވެސް ވަނީ ނަގާފައެވެ.
ފުލުހުން އިތުރަށް ބުނެފައިވަނީ، ނަދީފަކީ އެކި ފަރާތްތަކުގެ އަތުން ކޭޝްކާޑު ކުއްޔަށް ހޯދައިގެން، އޭޓީއެމްތައް މެދުވެރިކޮށް ސްކޭމްގެ ފައިސާ ނަގަމުންދިޔަ މީހެއްކަން ތަހުގީގުގެ އަލީގައި ކަށަވަރުކުރެވިފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު