ރާއްޖޭގެ އިގްތިސާދު އެންމެ ރަނގަޅު ހާލަތުގައި އޮތްއިރުވެސް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ނުލިބޭ މިންވަރަށް، މި ސަރުކާރުން މިހާރު ފައިނޭންސިން ފުރުސަތުތައް ފަހިކޮށްދީފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ބައްދަލުވުމެއްގައި ޒުވާނަކު ވެސް މީގެ ކުރިން މާލީ އެހީތެރިކަން (އެކްސެސް ޓު ފައިނޭންސް) ނުލިބޭ މިންވަރަށް މިހާރު އިންތިޒާމުތައް ހަމަޖެހިފައިވާކަން ފާހަގަކޮށްފައިވާ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ، މާލީ އެހީތެރިކަމޭ ދަންނަވަނީ ހަމައެކަނި ކުދި ވިޔަފާރިތަކަށް ތައާރަފުކޮށްފައިވާ ލޯނުތަކަށް އެކަނި ނޫން ކަމަށާއި، ތަފާތު އެކި ދާއިރާތަކުން އައު މަސައްކަތްތައް ފެށުމަށްޓަކައި ބޭންކުތަކާއި އެސްއެމްއީ ހަބް އަދި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ފަދަ މާލީ އިދާރާތައް މެދުވެރިކޮށް ގިނަ އިންތިޒާމުތަކެއް ހަމަޖައްސާފައިވާ ކަމަށެވެ.
"އަޅުގަނޑު ނުދަންނަވަން އެއްވެސް ހާލެއްގަ އެންމެ ފެވަރަބަލްކޮށް، އެންމެ އިކޮނޮމިކް ކޮންޑިޝަން ވަރުގަދައިރު އޮންނަ އިންތިޒާމެއްގެ ވާހަކައެއް. ނަމަވެސް އެންމެ ވަރުގަދައަށް އިންތިޒާމުތައް ހަމަޖެހިފައި ހުރި އިރުގަވެސް ލޯނު ދޫކުރާ ވަރަށް މި އެޑްމިނިސްޓްރޭޝަނުން މިހާރުވެސް ހަމަ އެކިއެކި ލޯނުތައް އެހެރީ އިންޓްރޮޑިއުސް ކޮށްފަ،" މިނިސްޓަރު ވިދާޅުވި އެވެ.
މީގެއިތުރުން، އެކި ސެކްޓަރުތަކަށް ހާއްސަކޮށްގެން ސަރުކާރުން ތައާރަފުކޮށްފައިވާ ޕްރޮގްރާމްތަކަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު ވިދާޅުވީ އަންހެނުންނާއި، މަސްވެރިންނާއި، ދަނޑުވެރިންނަށް ހާއްސަ ފެސިލިޓީތަކުގެ އިތުރުން ގެދޮރުވެރިކަމަށާއި، އައިޓީ ސެކްޓަރަށާއި އޮޑިދޯނިފަހަރު ބަނުމަށް ހާއްސަ ލޯނު ސްކީމްތައް ވެސް މިހާރު ހަމަޖެހިފައިވާ ކަމަށެވެ.
ކުރިން އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ހިންގިއިރު ހުރި މާލީ ދަތިތައް ހައްލުކުރުމަށްޓަކައި، ބީއެމްއެލްގެ ސަބްސިޑަރީއެއްގެ ގޮތުގައި އެސްއެމްއީ ބޭންކު ގާއިމުކުރުމަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހީތެރިވުމަށް ރައީސް ޑރ. މުއިއްޒު ނިންމެވި ވަރަށް ހަރުދަނާ ނިންމެވުމެއް ކަމަށް ސައީދު ފާހަގަކުރެއްވި އެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ވީހާވެސް ގިނަ ވިޔަފާރިތަކަކަށް ފައިސާ ފޯރުކޮށްދީ، އައު ވިޔަފާރިތައް އުފަންކުރުން ކަމަށާއި، އެކަމަށް ބޭނުންވާ އިތުބާރު ގާއިމުކުރުމުގެ ގޮތުން ދައުލަތުން ދައްކަންޖެހޭ ބޮޑެތި ދަރަނިތައް ވެސް މިހާރު ދައްކަމުންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު