ނަގިލި ކަހާލައިގެން އޮޔާ ގޮސް ސިނަމާލެ ބްރިޖުގައި ޖެހުނު ދެ ބޯޓަކީ ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮތް ދެ ބޯޓު ކަމަށް އެމްއެންޑީއެފް އިން ބުނެފިއެެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި އެ ދެ ބޯޓު އޮޔާ ގޮސް ސިނަމާލެ ބްރިޖުގައި ޖެހުނުއިރު، އޭގެ ތެރެއިން ބޯޓެއްގައި މީހުން ތިއްބެވެ.
މި ހާދިސާއާ ގުޅިގެން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މީޑިއާތަކަށް މައުލޫމާތު ދެމުން ބުނީ، އެމްއެންޑީއެފް ކޯސްޓްގާޑުން މިހާރު ދަނީ ބޯޓުގައި ތިބި މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުން ކަމަށެވެ. އަދި ބޯޓުގައި ތިބި މީހުން ސަލާމަތްކުރުމަށްފަހު، މޯލްޑިވްސް ކަސްޓަމްސް ސާވިސްއާ ހަވާލުކުރުމުގެ ކަންކަން ކުރިއަށްދާ ކަމަށްވެސް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.
އެމްއެންޑީއެފުން އިތުރަށް ބުނެފައިވަނީ، އޮޔާ ދިޔަ ދެ ބޯޓަކީވެސް ކަސްޓަމްސްގެ ކޮންޓްރޯލްގެ ދަށުގައި އޮތް ދެ ބޯޓު ކަމަށްވާތީ، އެ ބޯޓުތަކާ ބެހޭ އިތުރު މައުލޫމާތު ހިއްސާކުރާނީ ކަސްޓަމްސްއިން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު