ރާއްޖެއަށް ލިބޭ އާމްދަނީ މަދުވެގެން މައްސަލައެއް ނޫޅޭ ކަމަށާއި، މިހާރު ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ވަސީލަތްތައް ނުވަތަ ރިސޯސަސް ރަނގަޅަށް މެނޭޖްނުކުރެވުން (މިސްމެނޭޖްކުރުން) ކަމަށް ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން މިހެން ވިދާޅުވީ ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އިން އާޓިފިޝަލް ބީޗުގައި "ފެހި ސިގްނަލް"ގެ ނަމުގައި ބޭއްވި ޚާއްޞަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިޖަލްސާގައި ރައީސް ޔާމީން ވަނީ މި ސަރުކާރުގެ އިތުރުވަމުންދާ ޚަރަދުތަކާއި އިގުތިޞާދީ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
އެގޮތުން، މި ސަރުކާރުގެ ތިން އަހަރުގެ ދައުލަތުގެ ބޭނުންތައް ބޮޑުވެގެންދިޔައީ ކޮން ކަމަކާ ހުރެކަން ސުވާލު ކުރައްވައި ރައީސް ޔާމީން ވިދާޅުވީ، ކަނޑުއަޑީގެ ބިއްލޫރި ޓަނަލް ފަދަ ކަންކަން ކުރަން އުޅޭ ނަމަ ބޭނުންތައް އިތުރުވާނެ ކަމަށެވެ. ނަމަވެސް، މިއަދު ރާއްޖޭގެ ޒަރޫރީ ޙާލަތު ނިޔާކުރާގޮތުން މައްސަލައަކަށްވެފައި ވަނީ ރިސޯސް މިސްމެނޭޖްމަންޓާއި މިސްއެލޮކޭޝަން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.ރައީސް ޔާމީން ވިދާޅުވީ އެންމެ ގިނަ ޑޮލަރު ދަައުލަތަށް ލިބިފައިވަނީ މި ސަރުކާރުގެ ތިން އަހަރު ތެރޭގައި ކަމަށެވެ.
ރިސޯޓްތަކުން 40 ޕަސެންޓް ޑޮލަރު ސަރުކާރަށް މާރުކުރަން ލާޒިމްކުރި މައްސަލައަށް އިޝާރާތް ކުރައްވައި ޔާމީން ވިދާޅުވީ، މި ހުރިހާ ކަމަކުން ވެސް ދައްކުވައިދެނީ ރާއްޖޭގެ އެންޓަޕްރައިޒްތައް މަރާލަން ސަރުކާރުން މަސައްކަތްކުރަމުންދާ ކަމެވެ. އަދި މިހާ ހިސާބުން މުޅި ޓޫރިޒަމް އިންޑަސްޓްރީއާއި ދިވެހި ރައްޔިތުން އެކުވެގެން މި ސަރުކާރަށް "ބުރަކި ޖައްސައި"، ރައްޔިތުންނަށް ތަދުވާ ކަންކަން ނުކުރުމަށް ގޮވާލަންޖެހިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ޔާމީންގެ ވާހަކަފުޅުގައި، ދައުލަތުގެ މުއައްސަސާތައް މުޅިން ހުއްޓި، ސަރުކާރުގެ ނާޖާއިޒު އަމަލުތަކުގައި "ބުރަކި" ޖެއްސޭނެ ގޮތެއް މިހާރު ނެތް ކަމަށް ވިދާޅުވިއެވެ. އަދި ޤައުމުގައި ޚުދުމުޚުތާރު ވެރިކަމެއްގެ ސިފަތައް ޖެހި، މުއައްސަސާތައް ފިނޑިވެފައިވާ މި ދަނޑިވަޅުގައި، ޤައުމުގެ ޙައްޤުގައި ސިޔާސީ ފަރާތްތަކުން ނުކުމެ މިކަންކަން ހުއްޓުވަން ޖެހިފައިވާ ކަމަށް އެމަނިކުފާނު ވަނީ ބާރުއަޅުއްވާފައެވެ.
މީގެއިތުރުން، ޤާނޫނުއަސާސީން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ފަދަ މުއައްސަސާތައް އުފައްދާފައިވަނީ ސަރުކާރުގެ ބާރުތަކުން އެއްކިބާވެ، މިނިވަންކަމާއެކު ޚިޔާނާތުގެ މައްސަލަތައް ތަޙުޤީޤުކުރުމަށް ކަމަށް ޔާމީން ވިދާޅުވިއެވެ. ނަމަވެސް، މިއަދު އޭސީސީގެ ވެރިންނަކީ ވެސް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ ބަޔަކަށް ހަދައި، އެ ތަންތަނުގެ ބާރު ކަނޑުވާލާފައިވާ ކަމަށް އެމަނިކުފާނު ތުހުމަތުކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު