ދިވެހިރާއްޖެއާއި ބެލަރޫސްއާ ދެމެދު އެއްވެސް ވިސާއަކާ ނުލައި ދަތުރުފަތުރު ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް އެކުލަވާލާފައިވާ އެއްބަސްވުމުގެ ޑްރާފްޓް، ބެލަރޫސްގެ ރައީސް އަލެކްސަންޑާ ލުކަޝެންކޯ ރަސްމީކޮށް ފާސްކުރައްވައިފިއެވެ.
ބެލަރޫސްގެ ރިޔާސީ ގަނޑުވަރުން ހާމަކުރި ގޮތުގައި، ރައީސް ލުކަޝެންކޯ މިކަމާ ގުޅޭގޮތުން ނެރުއްވި ޚާއްޞަ ޤަރާރަކާއެކު، ދިވެހި ސަރުކާރާއެކު އިތުރު މަޝްވަރާތައް ކުރިއަށްގެންދިއުމަށާއި، ރަސްމީކޮށް މި އެއްބަސްވުމުގައި ސޮއިކުރުމުގެ ފުރިހަމަ އިޚްތިޔާރާއި ބާރު މިހާރު ވަނީ އެ ޤައުމުގެ ފޮރިން މިނިސްޓްރީއަށް ދެއްވާފައެވެ. އަދި މި ޑްރާފްޓަކީ ދެ ޤައުމުގެ ދެމެދުގައި ކުރިއަށް އޮތް ތަނުގައި ބޭއްވޭނެ ރަސްމީ ވާހަކަތަކުގެ މައިގަނޑު އަސާސް ކަމުގައިވެސް އެ ޤައުމުގެ ސަރުކާރުން ވަނީ ބަޔާންކޮށްފައެވެ.
މި އެއްބަސްވުމުގައި ސޮއިކޮށް ރަސްމީކޮށް ޢަމަލުކުރަން ފެށުމުން، ދެ ޤައުމުގެ ރައްޔިތުންނަށްވެސް ކުރިން ވިސާ ނެގުމަކާ ނުލައި އެއް ޤައުމުން އަނެއް ޤައުމަށް އެތެރެވުމާއި، ފުރުމުގެ އިތުރުން ޓްރާންސިޓް ކުރުމުގެ ލުއިފަސޭހަކަން ލިބިގެންދާނެއެވެ. އެގޮތުން، ކޮންމެ ދަތުރެއްގައިވެސް އެއްފަހަރާ 30 ދުވަހުގެ މުއްދަތަކަށް މަޑުކުރެވޭނެއިރު، އަހަރެއްގެ ތެރޭގައި ޖުމްލަ 90 ދުވަހުގެ މުއްދަތަކަށް ވިސާއާ ނުލައި ހުރުމުގެ ފުރުސަތު ދެ ޤައުމުގެ ރައްޔިތުންނަށްވެސް ފަހިވެގެންދާނެއެވެ.
ދެ ޤައުމުގެ ގުޅުން ބަދަހިކުރުމުގެ މަސައްކަތުގެ ތެރެއިން، މި އަހަރުގެ ފެބްރުއަރީ މަހުގެ 3 ވަނަ ދުވަހު ރާއްޖޭގެ ޚާރިޖީ ވުޒާރާގެ އިސް ވަފުދެއް ވަނީ ބެލަރޫސްގެ ވެރިރަށް މިންސްކަށް ޒިޔާރަތްކޮށްފައެވެ. އެ ޒިޔާރަތުގައި، ބެލަރޫސްގެ ފަސްޓް ޑެޕިއުޓީ ފޮރިން މިނިސްޓަރު ސަރްގޭ ލުކަޝެވިޗްއާއެކު ތާރީޚީ ގޮތުން ދެ ޤައުމުގެ ދެމެދުގައި ބޭއްވުނު ފުރަތަމަ ރަސްމީ މަޝްވަރާތައް ވަނީ ބާއްވާފައެވެ. އެ ބައްދަލުވުމުގައި ޞިއްޙީ ދާއިރާއާއި، ތަޢުލީމާއި، ފަތުރުވެރިކަމުގެ އިތުރުން ކާބޯތަކެއްޗާއި މެޝިނަރީ ފޯރުކޮށްދިނުމާ ގުޅޭގޮތުން ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ. އަދި ދެ ޤައުމުގެ މެދުގައިވާ ވިޔަފާރިއާއި އިޤުތިޞާދީ ގުޅުންތައް ބަދަހިކޮށް، ޤާނޫނީ އޮނިގަނޑު ހަރުދަނާކުރުމަށް ގުޅިގެން މަސައްކަތް ކުރުމަށްވެސް ވަނީ އެއްބަސްވެފައެވެ.
ބެލަރޫސްއަކީ ޞިއްޙީ ދާއިރާއިން ޚާއްޞަކޮށް ޑޮކްޓަރުކަން ކިޔެވުމަށް ގިނަ އަދަދެއްގެ ދިވެހި ދަރިވަރުން މިހާރުވެސް ދިރިއުޅެމުން އަންނަ މުހިންމު މަންޒިލެކެވެ. 2026 ވަނަ އަހަރުގެ ނިޔަލަށް ޔޫރަޕުގެ 38 ޤައުމަކަށް ބެލަރޫސްއިން ވިސާގެ ލުއިތައް ދީފައިވާއިރު، ރާއްޖެއާއެކު މި ވެވޭ އެއްބަސްވުމަކީ ދެ ޤައުމުގެ ޚާރިޖީ އަދި ސިޔާސީ ގުޅުން އައު ހަރުފަތަކަށް ގެންގޮސް، ދަތުރުފަތުރުކުރާ ދިވެހިންނަށާއި ކިޔަވާ ކުދިންނަށް ލިބިގެންދާނެ ވަރަށް ބޮޑު ލުޔެކެވެ.

ކިޔުންތެރިންގެ ހިޔާލު