ނަގިލި ކަހާލައިގެން އޮޔާ ގޮސް ސިނަމާލެ ބްރިޖުގައި ޖެހުނު ދެ ބޯޓު ދިޔަވެ އަޑިއަށް ހިގައްޖެއެވެ.
އެމްއެންޑީއެފުން ބުނީ މާލޭ ބަނދަރުގައި އޮތް ދެ ބޯޓު، ރޭ ބުރިޖުގެ ދަށުން އޮޔާ ގޮސް މާލެ އަތޮޅުން ބޭރަށް ދާތީ، ބޯޓުގައި ތިބި ނުވަ ފަޅުވެރިން ރޭ ސަލާމަތްކޮށްފައިވާ ކަމަށެވެ.އަދި ތެޔޮ އުފުލާ މި ދެ ބޯޓަކީ ވަރަށް ބައުވެފައިވާ ދެ ބޯޓު ކަމަށް އެމްއެންޑީއެފުން ބުނެެއެވެ.
މި ދެ ބޯޓު ވަނީ ދިޔަވެ މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފައި ކަމަށް ވެސް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
ރޭ ގާތްގަނޑަކަށް 10:30 ހާއިރު ހިނގި މި ހާދިސާގައި އޮޔާ ގޮސްފައި ވަނީ ހުއްދަ ނެތި ރާއްޖޭގެ ސަރަހައްދަށް ވަދެ އުޅުމުން އަތުލައިގެންފައިވާ ދެ ބޯޓެވެ.
އެމްއެންޑީއެފުން އިތުރަށް ބުނެފައިވަނީ، އޮޔާ ދިޔަ ދެ ބޯޓަކީވެސް ކަސްޓަމްސްގެ ކޮންޓްރޯލްގެ ދަށުގައި އޮތް ދެ ބޯޓު ކަމަށްވާތީ، އެ ބޯޓުތަކާ ބެހޭ އިތުރު މައުލޫމާތު ހިއްސާކުރާނީ ކަސްޓަމްސްއިން ކަމަށެވެ.
ބުރިޖަށް ތެޔޮ ބޯޓުތައް އުރުނު ހާދިސާގައި ބުރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ލިބިފައި ނެތް ނަމަވެސް ކުދި ކޫރު އެޅިފައިވާ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް މިއަދު ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު