ރާއްޖޭގެ 65 ރަށެއްގެ މިސްކިތްތަކަށް ދާއިމީ އިމާމުން ނުލިބުނު ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަޙީމް އަލީ ސަޢީދު މިރޭ ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖެއަށް އިސްލާމީ ހިދާޔަތު ލިބުނުތާ ހިޖުރީގޮތުން 900 އަހަރު ފުރުން ފާހަގަކުރުމަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ 65 އަށް ވުރެ ގިނަ ރަށުގެ މިސްކިތްތަކަށް ދާއިމީ އިމާމުން ހަމަޖެއްސުމަށް ތަކުރާރުކޮށް އިއުލާން ކުރުމުންވެސް އެއްވެސް އިމާމަކު ނުވި ކަމަށެވެ. އެހެންކަމުން ނަމަވެސް މި މައްސަލައަށް ހައްލެއް ހޯދުމަށް ޚާއްސަ އިސްތިރާޖީ މަސައްކަތްތަކެއް ފަށާފައިވާ ކަމަށް ވަޒީރު ޝަހީމް ވިދާޅުވިއެެވެ.

ނަމަވެސް، ކުރިއަށް އޮތް 100 އަހަރަށް ދިވެހި އިސްލާމީ ރިސާލަތު ފޯރުކޮށްދިނުމަށްޓަކައި ޒުވާން އިމާމުންނާއި ޚަތީބުން އުފެއްދުމުގެ މަސައްކަތް ބާރު ދުވެއްޔެއްގައި ކުރިއަށްދާ ކަމަށާއި، މިކަމަށް ޚާއްސަ އަމާޒުތަކަކާއެކު ސަރުކާރުން އިސްތިރާޖީ ފިޔަވަޅުތައް އަޅަމުންދާ ކަމަށް ޑރ.ޝަހީމް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް