އައްޑޫ ސިޓީއަށް ކުރަމުންދާ ބޯ ވިއްސާރައިގައި އެ ސިޓީގެ މައި ލިންކް ރޯޑުގައި ފެންބޮޑުވެ، މަގުގެ ހާލަތު ވަރަށް ބޮޑަށް ދަށްވެފައިވާތީ، ޒަރޫރީ ބޭނުމަކަށް މެނުވީ އެ މަގު ބޭނުން ނުކުރުމަށް އައްޑޫ ސިޓީ ކައުންސިލުން އާންމުންނަށް އަންގައިފިއެވެ.
މި ދުވަސްވަރު މުޅި ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ބޯކޮށް ވާރޭވެހި، މަގުތަކުގައި ފެންބޮޑުވުމުގެ ސަބަބުން ދަތުރުފަތުރު ކުރުމަށް ވަނީ ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހިފައެވެ.
އައްޑޫ ސިޓީ ކައުންސިލުން ނެރުނު ސަމާލުގާގައި ބަޔާންކޮށްފައިވާ ގޮތުގައި، ރަށުތެރޭގައި ޖަމާވެފައިވާ ފެންގަނޑު ހިންދުމަށްޓަކައި އެކި ސަރަހައްދުތަކުގައި ޕަންޕު ބަހައްޓައި، މަގުތަކަށް ހޮޅި އަޅައިގެން ފެން ހިންދުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. އެހެންކަމުން، މަގުތަކުން ދަތުރުކުރާ އުޅަނދުފަހަރާއި ހިނގާބިނގާވެ އުޅޭ ފަރާތްތަކުން މި ހޮޅިތަކަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ކައުންސިލުން ވަނީ އެދިފައެވެ.
ކައުންސިލުން އިތުރަށް ފާހަގަކުރި ގޮތުގައި، ވިއްސާރައިގެ ސަބަބުން ލިންކް ރޯޑުގައި ދަތުރުކުރުމަކީ މިވަގުތު ނުރައްކާތެރި ކަމަކަށް ވެފައިވާތީ، އެންމެހައި ރައްޔިތުންގެ ފުރާނައާއި މުދަލުގެ ރައްކާތެރިކަމަށްޓަކައި، ކޮންމެހެން ދާންޖެހޭ ދަތުރުތައް ފިޔަވައި އެ މަގު މިވަގުތު ބޭނުން ނުކުރުމަކީ އެދެވިގެންވާ ކަމެކެވެ.
މީގެއިތުރުން، ލިންކް ރޯޑުގެ އިތުރުން ރަށުތެރޭގެ އެހެނިހެން މަގުތަކުގައި ވެސް ފެންބޮޑުވެފައިވާތީ، އެއްގަމު އުޅަނދުފަހަރު ދުއްވާއިރު ސްޕީޑް މަޑުކުރުމަށާއި، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަންދީގެން ވިސްނުންތެރިކަމާއެކު ދަތުރުފަތުރު ކުރުމަށް ވެސް އައްޑޫ ސިޓީ ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު