ރާއްޖޭގެ މިސްކިތްތަކުގައި އިމާމުވެ ނަމާދުކުރައްވާ ބޭފުޅުން ތުރުކުރައްވާނެ ޚާއްޞަ ޑްރެސް ކޯޑެއް ފަރުމާކުރުމުގެ ފުރުޞަތު ހުޅުވާލަން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ނިންމައިފިއެވެ.
މިކަން ހާމަކުރެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ.
ވަޒީރު މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، އާންމުކޮށް އިމާމުކަމުގެ ވަޒީފާގައި އުޅުއްވާ ބޭފުޅުން ނަމާދު ގަޑީގައި ތުރުކުރައްވާނެ ޑްރެސް ކޯޑެއް ފަރުމާކުރުމަށް ހުޅުވާލުމަށް ވުޒާރާއިން ނިންމާފައިވާ ކަމަށެވެ. އަދި މި ފަރުމާގެ ތެރޭގައި ތާކިހާކޮޅެއްވެސް ހިމެނޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މި ޑްރެސް ކޯޑަކީ ހަމައެކަނި ދުވަހުގެ ނަމާދުތަކުގެ އިމާމުންނަށް އެކަނި ޚާއްޞަ ކުރެވޭ ހެދުމެއް ނޫން ކަމަށާއި، ރާއްޖޭގައި އިމާމުވެ ހުކުރު ނަމާދާއި ޢީދު ނަމާދު ކުރައްވާ ބޭފުޅުންވެސް ތުރުކުރައްވާނީ މި ޑްރެސް ކޯޑު ކަމަށް ވަޒީރު ޑރ. ޝަހީމް ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު