އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ކުރިއަށް އޮތް ކޮންގްރެސްގައި އެ ޕާޓީގެ އަސާސީ ގަވާއިދަށް އިސްލާހު ހުށަހެޅުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލައިފިއެވެ. އެމްޑީޕީގެ ކޮންގްރެސް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޫބަރު މަހުގެ 1 އިން 3 ގެ ނިޔަލަށެވެ.
އެމްޑީޕީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ، ކޮންގްރެސްއަށް ހުށަހެޅުމަށްޓަކައި މީގެކުރިން ހުޅުވާލި ފުރުސަތުގައި ލިބިފައިވާ އިސްލާހުތައް މިހާރު އާންމުކޮށްފައިވާ ކަމަށެވެ. އެގޮތުން ޕާޓީގެ އަސާސީ ގަވާއިދަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުތަކުގެ އިތުރުން، އެމްޑީޕީގެ "ބޮޑު ބަދަލު" ސިޔާސަތު ކަރުދާހަށާއި "ލާމަރުކަޒީ ސިޔާސަތު" ކަރުދާހަށް ވެސް ހިޔާލު ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން ވަނީ ހުޅުވާލާފައެވެ.
އެމްޑީޕީން ބުނީ މި ކަރުދާސްތަކާއި އިސްލާހުތަކަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އޮންލައިންކޮށެވެ. އަދި މި ފުރުސަތު މި ހިނގާ ސެޕްޓެމްބަރު މަހުގެ 20 ވާ ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށް ވެސް އެ ޕާޓީން ބުނެފައިވެއެވެ.
މި ކޮންގްރެސްގައި ޕާޓީގެ އަސާސީ ގަވާއިދަށް މުހިންމު އިސްލާހުތަކެއް ގެނައުމުގެ އިތުރުން، އެމްޑީޕީގެ ކައުންސިލްތަކުން ހިންގަން ރާވާފައިވާ އެކިއެކި މަޝްރޫއުތަކަށް އިންވެސްޓަރުން ހޯދުމަށް ހާއްސަ ފޯރަމެއް ވެސް ކުރިއަށްދާނެއެވެ.
މިމަހުގެ 19 ވަނަ ދުވަހު ކޮންގްރެސް ބޭއްވުމަށް އެ ޕާޓީގެ ގައުމީ މަޖިލީހުން ކުރިން ނިންމާފައި އޮތް ނަމަވެސް، ކޮންގްރެސްގެ ތާރީހު ކަނޑައެޅުމުގެ އިހުތިޔާރު ގައުމީ މަޖިލީހުން ސެކްރެޓޭރިއަޓަށް ދީފައިވަނީ މި މަހުގެ 1 ވަނަ ދުވަހު އެވެ.

ކިޔުންތެރިންގެ ހިޔާލު