ފުލުހުންގެ ވީޑިއޯއިން ކެޕްޗަރ ކޮށްފައި-
ފުލުހުންގެ ވީޑިއޯއިން ކެޕްޗަރ ކޮށްފައި-
މާލޭ ސްޓެލްކޯ ކައިރީގައި ހުންނަ ބަސް ސްޓޮޕުގައި ހަރުކޮށްފައި ހުރި ޓީވީއެއް ވަގަށް ނެގި މައްސަލައަކާ ގުޅިގެން މީހަކު ހޯދުމަށް ފުލުހުން އާންމުންގެ އެހީތެރިކަމަށް އެދިއްޖެއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ، ވީޑިއޯއިން ފެންނަ މީހާއަކީ ހެންވޭރު ޕޮލިހުން ތަޙުޤީޤު ކުރަމުންދާ ވައްކަމުގެ މައްސަލައަކާ ގުޅިގެން ހޯދަން ބޭނުންވެ، އެއީ ކާކުކަން ދެނެގަނެވިފައި ނުވާތީ މިހާތަނަށް ހޯދިފައިނުވާ މީހެއް ކަމަށެވެ.

ފުލުހުން މިހާރު ވަނީ އެ މީހާ ބަސް ސްޓޮޕުން ޓީވީ ވަގަށް ނަގާ މަންޒަރު ފެންނަ ވީޑިއޯ ފުޓޭޖު ޢާންމުކޮށްފައެވެ.



އަދި ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ، ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރު 9400053 އަށް ގުޅުއްވައި އެ މަޢުލޫމާތެއް ހިއްސާކޮށްދެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.

މީގެއިތުރުން، މިފަދަ ކުށްތައް ހުއްޓުވުމަށާއި ކުށްކުރާ މީހުން ހޯދުމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް އަބަދުވެސް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް، ފުލުހުންގެ ޚިދުމަތުން ވަނީ އާންމު ރައްޔިތުންނަށް ޝުކުރު އަދާކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު