ސިޔާސީ މައުދާނުގައި އިދިކޮޅު ފަރާތްތަކުން ވަރަށް ޒިންމާދާރުކަން ކުޑަގޮތެއްގައި އަދި އިމެއްނެތި ގައުމުގައި ހަމަނުޖެހުން އުފެއްދުމަށް ކަންކަން ކުރަމުންދާ ކަމަށް ވިދާޅުވެފައެވެ.
ރައީސް މިހެން ވިދާޅުވީ މިއަދު ހެނދުނު ސޯޝަލް ސެންޓަރުގައި ފެށި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކޮންގްރެސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުނެވެ.
ރައީސް ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން ހަމަނުޖެހުން އުފެއްދުމަށް ކުރާ އެފަދަ ކަންކަން ޕީއެންސީގެ ބަދަހި ލަޝްކަރުގެ ތެރެއަށް ވެއްދުމަށް ފުރުސަތު ދީގެން ނުވާނެ ކަމަށެވެ. އަދި ޕީއެންސީގެ މައިގަނޑު އަމާޒަކަށް ވާންވާނީ ގައުމަށް ތަރައްގީ ގެނައުން ކަމަށްވެސް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
މިއަދުން ފެށިގެން ހަތަރު ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ މި ކޮންގްރެސްގައި 1،000 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވެއެވެ.
މި ކޮންގްރެސްގެ ތެރެއިން ޕީއެންސީގެ ހަ ނައިބު ރައީސުންގެ މަގާމަށާއި، މަތީ މަޖިލީހުގެ އެކި މަގާމުތަކަށް މެންބަރުން އިންތިހާބުކުރުމަށް ވަނީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު