ވެރިކަންކުރާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އެތެރޭގެ ޑިމޮކްރަސީ ވަރުގަދަކޮށް، ކުރިއަށް އޮތް ދައުރަށް ޕާޓީގެ ލީޑަރޝިޕް ވަރުގަދަ ކުރުމަށްޓަކައި ބޭއްވި ޚާއްޞަ ކޮންގްރެސްގައި ޕާޓީގެ އިސްމަޤާމުތަކަށް މެންބަރުން އިންތިޚާބުކުރުން ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
ގިނަ ޢަދަދެއްގެ މަންދޫބުން ބައިވެރިވި މި ކޮންގްރެސްގައި އެންމެ ފޯރިގަދަ އަދި ވާދަވެރި ހަރަކާތަކަށް ވެގެންދިޔައީ ޕާޓީގެ ނައިބު ރައީސްގެ މަޤާމަށް ބޭފުޅުން ހޮވުމަށް ބޭއްވުނު އިންތިޚާބެވެ. މި އިންތިޚާބުގައި ޕީއެންސީގެ ނައިބުރައީސް ކަމުގެ މަޤާމަށް ވާދަކުރަށްވައި، އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވަނީ 833 ވޯޓު ހޯއްދަވައިގެން އެ މަޤާމު ކާމިޔާބު ކުރައްވާފައެވެ. މިއީ ސަޢީދު އެ ޕާޓީގެ ނައިބުރައީސް ކަމަށް އިންތިޚާބުވި ދެވަނަ ދައުރެވެ.
އިންތިޚާބުގެ ކާމިޔާބީއަށްފަހު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި ސަޢީދު ވަނީ ޕީއެންސީގެ ނައިބުރައީސް ކަމުގައި ޕާޓީއަށް ޚިދުމަތް ކުރުމަށް ދެވަނަ ދައުރަކަށް އޭނާ އިންތިޚާބު ކޮށްދެއްވައި، މެންބަރުން ދެމެހެއްޓެވި އިތުބާރަށްޓަކައި ނުހަނު އިޚްލާސްތެރިކަމާއި ލޯތްބާއެކު ޝުކުރު އަދާކުރަށްވާފައެވެ.
މީގެއިތުރުން ސަޢީދު ވިދާޅުވީ، ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަހަތްޕުޅުގައި އިތުރު ހިތްވަރާއި ޖޯޝާއި ޢަޒުމާއެކު ވަރުބަލި ކަމެއްނެތި މަސައްކަތް ކުރަށްވާނެ ކަމަށެވެ. އަދި އެ މަސައްކަތުގެ މައިގަނޑު އަމާޒަކީ 2028 ވަނަ އަހަރުގައިވެސް ޕީއެންސީގެ ވެރިކަމެއް ޤާއިމުކޮށް، ދިވެހިރައްޔިތުންނަށް އިތުރު ކުރިއެރުމާއި ފާގަތިކަން ހޯދައިދިނުން ކަމުގައިވެސް އޭނާ ފާހަގަކުރެއްވިއެވެ.
ޕީއެންސީގެ މި ކޮންގްރެސްއަކީ އެ ޕާޓީގެ ހިންގުން އިތުރަށް ހަރުދަނާކޮށް، ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމުގައި ޕާޓީގެ ދައުރު ފުޅާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެޕާޓީން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު