ދުބާއީގައި މިހާރު ކުރިއަށްދާ އަރަބިއަން ޓްރެވަލް މާކެޓް (އޭޓީއެމް) ގެ ތެރެއިން، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ދިމާވެފައިވާ ގޮންޖެހުންތަކާ ގުޅޭގޮތުން ދާއިރާގެ އިސް ފަރާތްތަކާ އެކު މަޝްވަރާކުރައްވައިފި ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ކުރީގެ ނައިބު ރައީސް މިކަން ހާމަކުރެއްވީ އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުން ކުރެއްވި ޕޯސްޓެއްގައެވެ.
ފައިސަލް ވިދާޅުވީ، ދާދިފަހުން ގެނެވުނު ގަވާއިދުތަކުގެ ބަދަލުތަކާއި އިގުތިސާދީ ގޮތުން ކުރިމަތިވެފައިވާ ފިއްތުންތަކުގެ ސަބަބުން ވިޔަފާރި ހިންގުމުގެ ޚަރަދުތައް އިންތިހާއަށް ބޮޑުވެ، ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ގިނަ ފަރާތްތަކަކަށް ބޮޑެތި ތަކުލީފުތަކެއް އުފުލަން ޖެހިފައިވާ ކަމަށެވެ.
ރާއްޖޭގެ އިގުތިސާދުގެ މައިބަދައަކީ އަމިއްލަ ފަރާތްތަކުގެ އިންވެސްޓްމަންޓްތަކާއި، ރިސޯޓުތަކާއި، ގެސްޓްހައުސްތަކާއި، ސަފާރީތަކާއި، ޓްރެވަލް އެޖެންޓުންނާއި ޓުއާ އޮޕަރޭޓަރުން އަދި މި ދާއިރާގެ އެކި ޚިދުމަތްތެރިން ކުރަމުންދާ ބުރަ މަސައްކަތްކަން ފާހަގަކުރައްވަމުން އެމަނިކުފާނު ވިދާޅުވީ، ދައުލަތަށް ބޭނުންވާ މުހިންމު އާމްދަނީއާއި ބޭރު ފައިސާ ހޯދައިދެނީ މި ސިނާއަތުން ކަމަށެވެ.
މީގެއިތުރުން ފައިސަލް ނަސީމް ފާހަގަކުރެއްވި ގޮތުގައި، ފަތުރުވެރިކަމުގެ ދާއިރާ ވަރުގަދަކަންމަތީ ދެމެހެއްޓުމަށްޓަކައި ވިޔަފާރިތަކަށް ބޭނުންވަނީ ސާފު އަދި ކުރިއާލައި ލަފާކުރަން އެނގޭ ފަދަ ސިޔާސަތުތަކެކެވެ. އަދި ސަރުކާރާއި އަމިއްލަ ވިޔަފާރިވެރިންގެ މެދުގައި އިޚްލާސްތެރި އަދި ހުޅުވާލެވިފައިވާ މަޝްވަރާތަކެއް ކުރެވެންޖެހޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އަދި ސަރުކާރުން އެކުލަވައިލާ ސިޔާސަތުތަކަކީ ފަތުރުވެރިންގެ އިތުބާރު ދަމަހައްޓައި، ވިޔަފާރިތަކަށް އެހީތެރިވެދޭ ސިޔާސަތުތަކަކަށް ވާންޖެހޭނެ ކަމަށާއި، އެއީ ވިޔަފާރި ހިންގުމަށް ހުރަސްއެޅޭ ފަދަ އުނދަގޫ ސިޔާސަތުތަކަކަށް ވެގެން ނުވާނެ ކަމަށްވެސް ފައިސަލްގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.

It was a pleasure to join colleagues and partners at this year's Arabian Travel Market in Dubai to discuss the challenges facing our tourism industry. Many operators are struggling with rising costs due to recent regulatory changes and increased fiscal pressures.
— Faisal Naseem (@FaisalNasym) September 16, 2026
Private… pic.twitter.com/vXyenu0BTI
މީގެއިތުރުން ފައިސަލް ނަސީމް ފާހަގަކުރެއްވި ގޮތުގައި، ފަތުރުވެރިކަމުގެ ދާއިރާ ވަރުގަދަކަންމަތީ ދެމެހެއްޓުމަށްޓަކައި ވިޔަފާރިތަކަށް ބޭނުންވަނީ ސާފު އަދި ކުރިއާލައި ލަފާކުރަން އެނގޭ ފަދަ ސިޔާސަތުތަކެކެވެ. އަދި ސަރުކާރާއި އަމިއްލަ ވިޔަފާރިވެރިންގެ މެދުގައި އިޚްލާސްތެރި އަދި ހުޅުވާލެވިފައިވާ މަޝްވަރާތަކެއް ކުރެވެންޖެހޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އަދި ސަރުކާރުން އެކުލަވައިލާ ސިޔާސަތުތަކަކީ ފަތުރުވެރިންގެ އިތުބާރު ދަމަހައްޓައި، ވިޔަފާރިތަކަށް އެހީތެރިވެދޭ ސިޔާސަތުތަކަކަށް ވާންޖެހޭނެ ކަމަށާއި، އެއީ ވިޔަފާރި ހިންގުމަށް ހުރަސްއެޅޭ ފަދަ އުނދަގޫ ސިޔާސަތުތަކަކަށް ވެގެން ނުވާނެ ކަމަށްވެސް ފައިސަލްގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.
ކިޔުންތެރިންގެ ހިޔާލު