އަފްގާނިސްތާނުގެ ތާލިބާން ސަރުކާރުން އެ ގައުމުގެ ސިވިލް ސާވިސް ސަރުކާރު މުވައްޒަފުން ފަރުޟު ފަސް ނަމާދު މިސްކިތުގެ ޖަމާއަތުގައި ކުރުން މަޖުބޫރުކޮށް، އެކަމަށް އަމަލުނުކުރާ މުވައްޒަފުންގެ މުސާރައިން ފައިސާ އުނިކުރަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
ޚަބަރުތައް ބުނާ ގޮތުގައި، ސަރުކާރުގެ އިދާރާތަކުގައި މަސައްކަތްކުރާ މުވައްޒަފުން ކަނޑައެޅިފައިވާ ވަގުތުތަކުގައި މިސްކިތަށް ގޮސް ޖަމާއަތުގައި ނަމާދުކުރަންޖެހޭނެއެވެ.
އަދި މަގުބޫލު އުޒުރެއް ނެތި ޖަމާއަތަށް ހާޒިރުނުވާ މުވައްޒަފުންނަށް ފުރަތަމަ އިންޒާރު ދިނުމަށްފަހު، އެކަން ތަކުރާރުވާނަމަ އަދަބެއްގެ ގޮތުން މުސާރައިން ފައިސާ އުނިކުރުމާއި އެހެނިހެން ފިޔަވަޅުތައް އަޅަން ވަނީ ހަމަޖެހިފައެވެ.
މިއީ ތާލިބާން ސަރުކާރުން އިސްލާމީ ޝަރީއަތާއި ދީނީ އުސޫލުތައް ގައުމުގައި ހިންގުމުގެ ނަމުގައި އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން އެޅި އާ ފިޔަވަޅެކެވެ.
މީގެ ކުރިންވެސް ތާލިބާނުން ވަނީ ސަރުކާރު މުވައްޒަފުން ތުނބުޅި ބެހެއްޓުމާއި، އިސްލާމީ އަޚުލާގީ އުސޫލުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް އަންގައި އެކަންކަން ތަންފީޒުކުރަން ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު