ކުރީގެ އެމްޑީޕީ ސަރުކާރުން އިންޑިއާއިން ނެގި 150 މިލިއަން ޑޮލަރުގެ ދަރަނި މި ސަރުކާރުން އެއްކޮށް ދައްކައި ހަލާސްކުރުމާ ގުޅިގެން، ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) އިދިކޮޅު ފަރާތްތަކަށް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.
އިންޑިއާގެ ޓީ-ބިލް ފެސިލިޓީގެ އެންމެ ފަހު ބައި ދައްކައި ނިންމާލިކަމުގެ ޚަބަރު ހިއްސާކުރަށްވަމުން މުންދު ވިދާޅުވީ، ކުރީގެ ރައީސް މުޙައްމަދު ނަޝީދަށާއި ރާއްޖެ ޑީފޯލްޓް ވޭތޯ ދުޢާކުރަމުންދިޔަ ހުރިހާ ފަރާތްތަކަށް ކުޑަ މެސެޖެއް އެބައޮތް ކަމަށެވެ. އެގޮތުން އެމްޑީޕީގެ ވެރިކަމުގައި ރައްޔިތުންގެ ބޮލުގައި އެޅުވި މި ބޮޑު ދަރަނި މިހާރު ދައްކައި ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"އިތުރު ދަރަންޏެއް ނުނަގާ ދައްކައިފިން. ތެޔޮ ގަންނަން ފައިސާ އެބަހުރި. އަސާސީ ކާބޯތަކެތި ވެސް ގެނެވޭނެ. އެހެން ނޫނަސް، ވެރިކަމުން ފޭބިއިރު ބާކީ އެންމެ 2 މިލިއަން ބެހެއްޓި ބަޔަކު ޔޫޒަބަލް ރިޒާވްގެ ވާހަކަ ދެއްކުން މުނާސަބެއް ނޫން،" މުންދު ވިދާޅުވިއެވެ.
އަދި އިދިކޮޅު ފަރާތްތަކުން ދެން ރައްޔިތުންނަށް ބިރުދައްކަން އާ މައުޟޫއެއް ހޯދުން ބުއްދިވެރިވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މުންދު މިހެން ވިދާޅުވެފައިވާއިރު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ބުނެފައިވަނީ، ދައުލަތުގެ ބަޖެޓުގެ ޚަރަދުތައް ހަމަޖެއްސުމަށްޓަކައި 2019 ވަނަ އަހަރު ތިން ފަހަރެއްގެ މަތިން ނަގާފައިވާ މި ދަރަނީގެ އެންމެ ފަހު ޕޭމަންޓް މިހާރު ވަނީ ދައްކައި ނިންމާފައި ކަމަށެވެ. އެސްބީއައި މެދުވެރިކޮށް މި ފައިސާ ނަގާފައިވަނީ ކޮންމެ ފަހަރަކު 50 މިލިއަން ޑޮލަރުގެ މަގުން، 2019 ވަނަ އަހަރުގެ މާރިޗު 17، ޖޫން 26 އަދި އޮކްޓޫބަރު 1 ވަނަ ދުވަހުއެވެ. މި ލޯނަކީ އަނބުރާ ދެއްކުމަށް ކަނޑައެޅުނު މުއްދަތު، 2020 އިން ފެށިގެން 2023 ގެ ނިޔަލަށް ކުރީ ސަރުކާރުން ތަކުރާރުކޮށް މުއްދަތު އިތުރުކޮށް ފަސްކުރަމުން އައި ދަރަންޏެކެވެ.
އެމްއެމްއޭއިން ބުނީ، ދަރަނީގެ ފުރަތަމަ 50 މިލިއަން ޑޮލަރު 7 ޖަނަވަރީ 2024 ގައި ވަނީ ދައްކާފައެވެ. އަދި ބާކީ އޮތް 100 މިލިއަން ޑޮލަރު ދެއްކުމަށް އިންޑިއާ ސަރުކާރާއެކު މަޝްވަރާކޮށް ލުއި ގޮތްތަކެއް ހަމަޖެއްސުމަށްފަހު، ދެވަނަ 50 މިލިއަން ޑޮލަރު މެއި މަހުގެ ތެރޭގައި ވަނީ ދައްކައި ޚަލާސްކޮށްފައެވެ.
އަދި މި ދަރަނީގެ އެންމެ ފަހު ބައިގެ ގޮތުގައި ހިމެނޭ 50 މިލިއަން ޑޮލަރު ސެޕްޓެމްބަރު 17 ވަނަ ދުވަހު ދައްކައި ނިންމުމާއެކު، 150 މިލިއަން ޑޮލަރުގެ މި ބޮޑު ދަރަނި ދައުލަތުން މިހާރު ވަނީ އެއްކޮށް ދައްކައި ނިންމާލާފައި ކަމަށް އެމްއެމްއޭއިން ވަނީ ބުނެފައެވެ.
އެމްއެމްއޭގެ ތަފާސްހިސާބުތައް ދައްކާގޮތުން، އޮގަސްޓު 2024 ގެ ނިޔަލަށް ރާއްޖޭގެ ރަސްމީ ރިޒާވްގައި ހުރީ ގާތްގަނޑަކަށް 644 މިލިއަން ޑޮލަރެވެ. ނަމަވެސް ބޭނުންކުރެވޭ ރިޒާވުގައި މިވަގުތު ހުރީ 200 މިލިއަނެއްހާ ޑޮލަރެވެ.

ކިޔުންތެރިންގެ ހިޔާލު