މި ސަރުކާރުން ދަރަނި ނަގާނީ އެއީ އަނބުރާ ދައްކަން ޖެހޭ އެއްޗެއްކަން ދަނެގެން ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އަދި ވެރިކަންކުރާ ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ޝުޖާއު މިހެން ވިދާޅުވީ ނިމިދިޔަ އެމްޑީޕީ ސަރުކާރުގެ މާލީ ސިޔާސަތުތަކަށާއި ދަރަނި މެނޭޖުކުރުމުގައި ގެންގުޅުނު ދޯހަޅި އުސޫލުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، "އެކްސް" ގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
އެގޮތުން ޝުޖާއު ވިދާޅުވީ، އެމްޑީޕީގެ ފަސް އަހަރުގެ ދައުރުގެ ތެރޭގައި ރޭވުންތެރިކަމާއެކު 150 މިލިއަން ޑޮލަރުގެ ލޯނު އަނބުރާ ދެއްކުމަށް ރަނގަޅު ޕްލޭނެއް އެކުލަވާލި ނަމަ، އެ ލޯނުގެ އިންޓްރެސްޓްގެ ގޮތުގައި އެކަނިވެސް 45 މިލިއަން ޑޮލަރު ނޭރީސް ކަމަށެވެ. އަދި މިކަމުން ވެސް ވަރަށް ސާފުކޮށް ހާމަވެގެން ދަނީ އެމްޑީޕީ ސަރުކާރުގެ ހުރި ނާގާބިލުކަން ކަމުގައި އޭނާ ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، އެމްޑީޕީގެ ވެރިކަމުގައި ބަޖެޓް ސަޕޯޓުގެ ނަމުގައި ބޮޑެތި ލޯނުތައް ނެގި ނަމަވެސް، އެ ފައިސާއިން ކުރެވުނު އެއްވެސް މުހިންމު ކަމެއް ނެތް ކަމަށާއި އޭގެ ސަބަބުން ރައްޔިތަކަށް ލިބުނު ފައިދާއެއް ވެސް ނެތް ކަމަށް ޝުޖާއު ވިދާޅުވިއެވެ. އަދި ވޭތުވެދިޔަ ސަރުކާރުގެ މިފަދަ ޒިންމާދާރުކަން ކުޑަ އަމަލުތަކުގެ ސަބަބުން، އެ ބޭފުޅުންގެ ހަގީގީ ނިޔަތް މިހާރު ދިވެހި ލޮބުވެތި ރައްޔިތުންނަށް ވަރަށް ސާފުވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި ސަރުކާރުން ރާއްޖޭގެ މާލީ ހާލަތު ހަމަމަގަށް އެޅުވުމަށާއި، ކުރީގެ ދަރަނިތައް ދެއްކުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންދާއިރު، ޝުޖާއު ވިދާޅުވީ މި ސަރުކާރުން މާލީ ކަންކަމުގައި އަމަލުކުރާނީ ޒިންމާދާރުކަމާއެކު ރައްޔިތުންގެ ލާބަޔާއި މަންފާއަށް އިސްކަންދީގެން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު