ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުލުހުންގެ ޚިދުމަތް ދިނުމަށް ޚާއްޞަކޮށް ފަރުމާކޮށްފައިވާ 154 މަރުކަޒު ބިނާކުރުމުގެ ބޮޑު މަޝްރޫޢަކީ އަތޮޅުތެރޭގައި ފުލުހުންގެ މަސައްކަތްތައް އިތުރު ހަރުފަތަކަށް ގެންގޮސް، ރައްޔިތުންނަށް ދެވޭ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވިދާޅުވެއްޖެއެވެ.
ކޮމިޝަނަރ މިހެން ވިދާޅުވީ، ރާއްޖޭގެ ހުރިހާ ޕޮލިސް ސްޓޭޝަންތަކަށް ޒިޔާރަތްކުރެއްވުމުގެ ގޮތުން ފައްޓަވާފައިވާ ޕްރޮގްރާމުގެ ތެރެއިން މިއަދު ކ. ކާށިދޫ ޕޮލިސް ސްޓޭޝަނަށް ޒިޔާރަތް ކުރަށްވައި، އެ ސްޓޭޝަނުގެ މުވައްޒަފުންނާ ބައްދަލުކުރަށްވައި ދެއްކެވި ވާހަކަފުޅުގައެވެ. މި ބައްދަލުވުމުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި، ނޮދަރން ޕޮލިސް ކޮމާންޑަރާއި، އަތޮޅު ކޮމާންޑަރުގެ އިތުރުން ކާށިދޫ ޕޮލިސް ސްޓޭޝަނުގެ ފުލުހުންނާއި މުވައްޒަފުން ބައިވެރިވިއެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ ވިދާޅުވީ، ފުލުހުންގެ މަސައްކަތަކީ ޚާއްޞަ ހުނަރުތަކެއް ބޭނުންވާ ތަފާތު ޕްރޮފެޝަނެއް ކަމަށެވެ. އަދި ވޭތުވެދިޔަ 30 ހަކަށް އަހަރު ދުވަހު ކައުންސިލް އިދާރާތަކާއި، އަތޮޅުގޭގެ އިތުރުން އަމިއްލަ މީހުންގެ ގެދޮރު ކުއްޔަށް ހިފައިގެން މަރުކަޒުތައް ހިންގަން ޖެހިފައި އޮތް އޮތުމަށް ނިމުމެއް ގެނައުމަކީ މުއައްސަސާއަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމުގައި ފާހަގަކުރެއްވިއެވެ. އެގޮތުން، ރަށްރަށުގައި ފުލުހުންގެ އަމިއްލަ މަރުކަޒުތައް އެޅުމަށް ސަރުކާރުން އިސްނަންގަވައިގެން، ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ފައްޓަވާފައިވާ 154 ޕޮލިސް ސްޓޭޝަން އެޅުމުގެ ބޮޑު މަޝްރޫޢަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ކޮމިޝަނަރ ވަނީ ޝުކުރު އަދާކުރަށްވާފައެވެ.
މި މަޝްރޫޢުގެ ދަށުން ކާށިދޫގައިވެސް ލެވެލް 2 ގެ ދެބުރި ޕޮލިސް ސްޓޭޝަނެއް އެޅުމަށް ބިން ކަނޑައެޅި، މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާކަން ފާހަގަކުރައްވައި ކޮމިޝަނަރ ވިދާޅުވީ، އިމާރާތްތަކުގެ މަސައްކަތް އަވަސްކުރުމަށްޓަކައި ކޮންޓްރެކްޓަރުންނާ ވަކިވަކިން ބައްދަލުކުރައްވަމުން ގެންދަވާ ކަމަށެވެ.
"އަޅުގަނޑު ވަރަށް ބޮޑަށް އުންމީދު ކުރަން މި ކާށިދޫގަ އަޅަން ނިންމާފަވާ ޕޮލިސް ސްޓޭޝަން ނިމިގެންދާނެ ދުވަހަކަށް. އެއީ ހަގީގަތުގަ އަތޮޅުތެރޭގަ ފުލުހުންގެ މަސައްކަތްތައް އިތުރު ގިއަރަކަށް ގެންދެވޭނެ ވަރަށް ބޮޑު ހިތްވަރެއް،" ކޮމިޝަނަރ ވިދާޅުވިއެވެ.
ފުލުހުންގެ އަސާސީ މަސްއޫލިއްޔަތުތަކަށް އަލިއަޅުއްވާ ލައްވަމުން ކޮމިޝަނަރ ވަނީ، ޖިނާއީ ތަޙުޤީޤުތަކާއި އޮޕަރޭޝަނަލް މަސައްކަތްތަކަށް އިސްކަންދިނުމުގެ ސިޔާސަތެއް މުއައްސަސާގެ ތެރޭގައި ޤާއިމުކުރައްވާނެކަން ޙިއްސާ ކުރަށްވާފައެވެ. އަދި ތަޙުޤީޤު މަސައްކަތްތަކާ ދުރުހެލިވާން ބައެއް މުވައްޒަފުން މަސައްކަތްކުރާ ކަމުގެ ކަންބޮޑުވުން ފާޅުކުރަށްވަމުން، މުއައްސަސާއިން އިންވެސްޓިގޭޓިންގ އޮފިސަރުންނަށާއި އޮޕަރޭޝަންސްގައި ސީދާ ޙަރަކާތްތެރިވާ ފުލުހުންނަށް އިސްކަންދީ، އެ މަސައްކަތްތައް ހަރުދަނާކުރުމަށް ބާރުއަޅުއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ކާށިދޫގެ ކުށުގެ ޙާލަތަށް ބައްލަވަމުން ކޮމިޝަނަރ ވިދާޅުވީ، މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި އެ ރަށުގައި ތަޙުޤީޤު ކުރެވުނު މައްސަލަތަކުގެ ނަތީޖާ ވަރަށް ރަނގަޅު ކަމަށެވެ. އެގޮތުން، އެ މުއްދަތުގައި ހުށަހެޅުނު 21 މައްސަލައިގެ ތެރެއިން 9 މައްސަލައެއް ތަޙުޤީޤުކޮށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވިފައިވާތީ، އެއީ އިންވެސްޓިގޭޓިންގ އޮފިސަރުންގެ ހުނަރާއި ޝައުޤުވެރިކަން ހާމަވާ ކަމެއް ކަމަށް ވިދާޅުވިއެވެ. މީގެއިތުރުން، ކާށިދޫއަކީ ބިންބޮޑު، ވާބޯ ރަށަކަށް ވާތީ، މީހުން ދިރިއުޅޭ ސަރަޙައްދުތަކުގެ އިތުރުން ފަޅު ސަރަޙައްދުތައް ބޭނުންކޮށްގެން މަސްތުވާތަކެތީގެ މުޢާމަލާތްތައް ހިންގުމުގެ ފުރުޞަތު އޮތުމުން، މުޅި ރަށް މޮނިޓަރކޮށް ބެލެހެއްޓުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް އެމަނިކުފާނު އިރުޝާދު ދެއްވިއެވެ.
މި ބައްދަލުވުމުގައި ކޮމިޝަނަރ ވަނީ ފުލުހުންގެ އަޚުލާޤާއި ޑިސިޕްލިން އަދި ޔުނިފޯމް އެޅުމުގެ މިންގަނޑުތައް އެންމެ މަތީ ދަރަޖައިގައި ހިފެހެއްޓުމަށާއި، ރަށުތެރޭގައި ޚިދުމަތް ދިނުމުގައި އަމިއްލަ އިސްނެގުމާއެކު ޒިންމާދާރުކަން ކުރިއަށް ނެރުމަށް ހުރިހާ ފުލުހުންނަށް ގޮވާލައްވާފައެވެ. އަދި ކާށިދޫ ޕޮލިސް ސްޓޭޝަނުން މިހާރު ދައްކަމުންދާ ނަމޫނާ މަސައްކަތް ފާހަގަކުރަށްވައި، އެ ސްޓޭޝަނުގެ އިންޗާޖަށާއި މުވައްޒަފުންނަށް އެމަނިކުފާނު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު