އެމެރިކާއާއެކު އުފެދިފައިވާ ހަމަނުޖެހުންތައް ނިމުމަކަށް ގެނައުމަށްޓަކައި އީރާނުން އައު ޝަރުތުތަކެއް ހުށަހަޅައިފިއެވެ. އަދި ވޮޝިންޓަނުން މި ޝަރުތުތަކަށް އިންކާރުކޮށްފިނަމަ، އަސްކަރީ ގޮތުން އިތުރަށް ކުރިމަތިލާން ތައްޔާރަށް އޮތް ކަމުގެ އިންޒާރުވެސް އީރާނުން ވަނީ ދީފައެވެ.
އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ މުޙައްސިން ރިޟާއީ ވިދާޅުވި ގޮތުގައި، ޤަޠަރު މެދުވެރިކޮށް ތެހެރާނުގެ ޝަރުތުތައް މިހާރު ވަނީ ވޮޝިންޓަނަށް ފޮނުވާފައެވެ. އޭނާ ވިދާޅުވީ އީރާނުން އެދެނީ އެމެރިކާއިން ދެމުންދާ ހަމަލާތައް ހުއްޓާލުމަށާއި، އީރާނުގެ ބަނދަރުތަކަށް އަޅާފައިވާ ކަނޑުގެ ދަތުރުފަތުރުގެ ހުރަސްތައް ނައްތާލުމަށެވެ. މީގެއިތުރުން، އީރާނުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ނުފޫޒު ފޯރުވުމާއި ސަރުކާރާ އިދިކޮޅު ޖަމާއަތްތަކަށް އެހީތެރިވުން ހުއްޓާލުމަށްވެސް ވަނީ ގޮވާލާފައެވެ.
ތެހެރާނުން އިތުރަށް ޝަރުތުކޮށްފައިވަނީ، ފްރީޒްކޮށްފައިވާ އީރާނުގެ އެތައް ބިލިއަން ޑޮލަރެއްގެ ފައިސާ ދޫކޮށްލުމަށާއި، ލުބުނާން ހިމެނޭހެން ހުރިހާ މައިދާނެއްގައި ކުރެވެމުންދާ ހަނގުރާމަ ވަގުތުން ހުއްޓާލުމަށެވެ.އީރާނުގެ ޕާލަމެންޓުގެ ރައީސް މުޙައްމަދު ބާޤިރު ޤާލީބާފް ވިދާޅުވީ، ތެހެރާނުން ބަލައިގަންނަ ޝަރުޢީ ޙައްޤުތައް ކަށަވަރުވެ، އެމެރިކާއިން ވާންޖެހޭ އިލްތިޒާމުތައް ފުރިހަމަކުރަންދެން ހުރުމުޒް ކަނޑުއޮޅި ބަންދުކޮށްފައި ބާއްވާނެ ކަމަށެވެ.
މިފަހަރު ހުށަހެޅި ޝަރުތުތަކަކީ މިދިޔަ ޖޫން މަހު ދެޤައުމުގެ ދެމެދުގައި އެކުލަވާލެވުނު ފަހުމުނާމާއާ ވަރަށް ބޮޑަށް އެއްގޮތް ޝަރުތުތަކެކެވެ. އެ ފަހުމުނާމާގައިވެސް ވަނީ ހަމަނުޖެހުންތައް ހުއްޓާލުމަށާއި، އިސްތިޤުލާލަށް އިޙްތިރާމްކުރުމަށާއި، ކަނޑުގެ ދަތުރުފަތުރަށް އަޅާފައިވާ ހުރަސްތައް ނައްތާލުމުގެ އިތުރުން ފްރީޒްކޮށްފައިވާ ފައިސާތައް ދޫކޮށްލުމަށް ހިމަނާފައެވެ. އަދި އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމާއި، ތެޔޮ ބޭރުކުރުމާއި، ދަތިކުރުމުގެ ފިޔަވަޅުތަކާއި، ހުރުމުޒް ކަނޑުއޮޅި އަލުން ހުޅުވާލުމާ ގުޅޭ ކަންކަންވެސް ކުރީގެ އެއްބަސްވުމުގައި ހިމެނުނެވެ.
ހަނގުރާމައިގެ ބަދަލު ހޯދުމަށް އީރާނުން ކުރިން ކުރަމުން އައި ޝަރުތު މިފަހަރު ރިޟާއީ ތަކުރާރު ކުރައްވާފައެއް ނުވެއެވެ. މިއީ ތެހެރާނުގެ މަޝްވަރާގެ ވިސްނުމަށް އައި ބަދަލެއް ކަމަށް މުޙައްލިލުން ދެކެއެވެ.
އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމާ ގުޅޭގޮތުން ރިޟާއީ ވިދާޅުވީ، އީރާން އަދިވެސް އޮތީ 'ނިއުކްލިއަރ ނޮން-ޕްރޮލިފަރޭޝަން ޓްރީޓީ' (އެން.ޕީ.ޓީ) ގެ ތެރޭގައި ކަމަށާއި، ނިއުކްލިއަރ ހަތިޔާރު އުފެއްދުމާ ދެކޮޅަށް ނެރެފައިވާ ދީނީ ފަތުވާއަށް ތަބާވަމުންދާ ކަމަށެވެ. ނަމަވެސް، ކުރިއަށް އޮތް ތަނުގައި ކަންކަން ބަދަލުވާ ގޮތަކުން އީރާނުގެ މި ވިސްނުން ބަދަލުވެދާނެ ކަމުގެ އިންޒާރު އޭނާ ދެއްވިއެވެ.
މީގެއިތުރުން ޔަމަނުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި އީރާނުގެ އެއްވެސް ބައިވެރިވުމެއް ނެތް ކަމަށާއި، ބާބުލް މަންދަބް ކަނޑުއޮޅި އީރާނުން ބަންދުކޮށްފާނެ ކަމަށް ދެކެވޭ ވާހަކަތައް އޭނާ ވަނީ ދޮގުކުރައްވާފައެވެ.އީރާނުގެ މި އައު ހުށަހެޅުންތަކަށް އެމެރިކާއިން އަދި ރަސްމީކޮށް ޖަވާބެއް ދީފައެއް ނުވެއެވެ. ނަމަވެސް، މެދުއިރުމަތީގެ ޤައުމުތަކުގައި ދިރިއުޅޭ އެމެރިކާ ރައްޔިތުން އިތުރަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ވޮޝިންޓަނުން ވަނީ އަންގާފައެވެ.
ހުރުމުޒް ކަނޑުއޮޅީގެ ނުތަނަވަސްކަން ދެމިއޮތުމާއެކު، ދުނިޔޭގެ ބާޒާރުގައި ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު 100 ޑޮލަރަށްވުރެ މައްޗަށް އަރާފައިވާ މިދަނޑިވަޅުގައި، ދެޤައުމުގެ ދެމެދުގައި އުފެދިފައިވާ ފުން ޚިޔާލުތަފާތުވުންތަކަށް ޑިޕްލޮމެޓިކް ޙައްލެއް ހޯދިދާނެތޯ މިހާރު ވަނީ ވަރަށް ބޮޑަށް ސުވާލު އުފެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު