ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ އީގަލް ހިލްސް ކުންފުނިން ރަސްމާލޭގައި ކުރިއަށްގެންދާ 20 ބިލިއަން ޑޮލަރުގެ ބިޔަ މަޝްރޫއުގެ ސަބަބުން، ރާއްޖެއަށް ކުރިމަތިވެފައިވާ ޑޮލަރުގެ ދަތިކަމަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް ފިނޭންސް މިނިސްޓަރު ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ޒަރީރު ވިދާޅުވީ، ދުނިޔޭގެ ފެންވަރުގެ މެރީނާއަކާއި ރިއަލް އެސްޓޭޓް ވަސީލަތްތައް ހިމެނޭ މި މަޝްރޫއުގެ ލީސް ރައިޓްސް ވިއްކައިގެން ލިބޭ އާމްދަނީ އެންމެ ފުރަތަމަ ވެސް ޖަމާކުރާނީ ރާއްޖޭގެ ބޭންކެއްގައި ސަރުކާރާއެކު ގާއިމުކުރާ އެސްކްރޯ އެކައުންޓަކަށް ކަމަށެވެ.
އަދި މަޝްރޫއުގެ ކޮންޓްރެކްޓަރުންނާއި ސަޕްލަޔަރުންނަށް ފައިސާ ދެއްކުމާއި، އިމާރާތްތަކާއި ޔުނިޓްތައް ވިއްކައިގެން ލިބޭ ހުރިހާ ފައިސާގެ މުއާމަލާތްތަކެއް ވެސް ހިންގާނީ ރާއްޖޭގައި ލައިސަންސް ދީފައިވާ ބޭންކުތަކުގެ އެސްކްރޯ އެކައުންޓްތައް މެދުވެރިކޮށް ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބުވެސް ވަނީ ފާހަގަކުރައްވާފައެވެ.
މި နިޒާމުގެ ސަބަބުން ފައިސާގެ ދައުރުވުން ދިވެހި ބޭންކިން ނިޒާމުގެ ތެރޭގައި ހިފެހެއްޓި، ރާއްޖޭގެ އިގްތިސާދަށް ވަންނަ ބޮޑު އާމްދަނީ ބޭރަށް ދިޔުން ހުއްޓުވައި، އާންމުންނަށް ޑޮލަރު ލިބުމުގައި ހުރި ދަތިތަކަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.
މީގެއިތުރުން، މި މަޝްރޫއު ކުރިއަށް ގެންދަނީ އެއްވެސް ޓެކްސް އިސްތިސްނާއެއް ނުވަތަ ޓެކްސް ހޮލިޑޭއެއް ދިނުމެއް ނެތި، އާންމު ގާނޫނުތަކުގެ ދަށުން ދައުލަތަށް ޓެކްސް ލިބޭ ގޮތަށެވެ.
އެގޮތުން، ވިޔަފާރި އުސޫލުން ތަރައްގީކުރާ ތަންތަން ވިއްކައިގެން ލިބޭ އާމްދަނީގެ 10 އިންސައްތަ އަދި ފުރަތަމަ އާއި ދެވަނަ މަރުހަލާގެ މުއާމަލާތްތަކުން 4 އިންސައްތައިގެ ރަޖިސްޓްރޭޝަން ފީއެއް ދައުލަތަށް ލިބޭނެއެވެ.
ފިނޭންސް މިނިސްޓަރު ހާމަކުރެއްވި ގޮތުގައި، މަޝްރޫއުގެ ފުރަތަމަ އަހަރު ލީސް ރައިޓްސް ވިއްކައިގެން ރާއްޖެއަށް 30 ބިލިއަން ޑޮލަރު ވަންނާނެ ކަމަށް އަންދާޒާ ކުރެވޭއިރު، އޭގެ ފަހުން އެ ތަންތަން ހިންގައިގެން އަހަރަކު ގާތްގަނޑަކަށް ދެ ބިލިއަން ޑޮލަރުގެ އާމްދަނީއެއް އިގްތިސާދަށް ވަންނަމުންދާނެއެވެ.
ކުރިއަށް އޮތް ދެ މަސްދުވަހުގެ ތެރޭގައި ރަސްމާލޭގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާއިރު، މި އެއްބަސްވުމުގެ ދަށުން ހުޅުމާލޭގައި އަޅާ 5،000 ފުލެޓުގެ އަމަލީ މަސައްކަތް އަންނަ އަހަރު ފެށިގެންދާނެއެވެ. މި ހައުސިން ޔުނިޓުތަކުގެ ހުރިހާ ހަރަދެއް ބަލަހައްޓާނީ އެ ކުންފުނިންނެވެ.
މާލެ ސަރަހައްދުގެ ތޮއްޖެހުން ކުޑަކުރުމަށް ހިންގާ މި ތާރީޚީ މަޝްރޫއުގެ ދަށުން 1,100 އަށް ވުރެ ގިނަ ހެކްޓަރުގެ ބިން ހިއްކައި، 65,000 ހައުސިން ޔުނިޓުގެ އިތުރުން މެރީނާއަކާއި، ހޮޓާތަކާއި ރިސޯޓުތައް އަދި މުނިފޫހިފިލުވުމުގެ ވަސީލަތްތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި މަޝްރޫއު ކުރިއަށްގެންދާ އީގަލް ހިލްސްއަކީ ބުރްޖް ޚަލީފާ ފަދަ ބިޔަ އިމާރާތްތައް ބިނާކުރި އީމާރް ޕްރޮޕަޓީޒްގެ ބާނީ މުޙައްމަދު އަލްޢައްބާރު 2014 ވަނަ އަހަރު އުފައްދަވާފައިވާ، ދުނިޔޭގެ 18 އަށް ވުރެ ގިނަ ގައުމުގައި އުމްރާނީ މަޝްރޫއުތައް ހިންގަމުން އަންނަ ކާމިޔާބު ކުންފުންޏެކެވެ.

ކިޔުންތެރިންގެ ހިޔާލު